ހިތްވަރުހުރިނަމަ އަތުން އަދި ދުލުން އެއްވެސް ޢަމަލެއް ނުކޮށް ބައިވަރު ޘަވާބު ހޯދެން އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ހިތްވަރުހުރިނަމަ އަތުން އަދި ދުލުން އެއްވެސް ޢަމަލެއް ނުކޮށް ބައިވަރު ޘަވާބު ހޯދެން އެބައޮތެވެ!

އެއްދުވަހަކު ބައްދަލުވި ޒުވާން އަންހެންކުއްޖަކު ބުންޏެވެ. "ފިރިހެނުން ވަރަށް ގިނައިން އެކަހެރިވެ ކޮފީއަށް ނުވަތަ ކެއުމަކަށްދާން ގުޅައެވެ. ދާނަން ކަމަށްވެސް ބުނެވެއެވެ. ނަމަވެސް ދުވަހަކުވެސް އެފަދަ އެއްވެސް ދަޢުވަތަކަށް ނުދަމެވެ." 

ނުދަނީ ކީއްވެގެންތޯ؟ ސުވާލުކުރުމުން ބުންޏެވެ. "އެގޮތަށް ހިލޭ ފިރިހެނުންނާއިއެކު ކޮފީއަށް ދިއުމަކީވެސް ފާފައެއް ނޫންތޯއެވެ؟ އެފާފަ ނުކުރީމާ ޘަވާބުދެއްވަވާނެ ނޫންތޯއެވެ؟ އެހެންވެ ނުދިއުމުގެ ޘަވާބު ހޯދަން ބޭނުންވާތީއެވެ." 

އެއީ 20 ވަރަކަށް އަހަރުގެ އަންހެންކުއްޖެކެވެ. އޭނާގެ ވިސްނުމަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. އެއީ އެހާރީތި އެއުމުރުގެ ކުއްޖަކު އެއުމުރުގައިވެސް ޘަވާބުއިތުރުކުރަން ބޭނުންވެފައިހުރިވަރު ބޮޑުކަމުންނެވެ. 

ތިބާގެ ކިބައިގައި ހިތްވަރުހުރިނަމަ ޝައިޠޯނާގެ ކިބައިން ފައިދާތަކެއް ހޯދިދާނެއެވެ. ކުރަންޖެހެނީ ކުޑަކުޑަ ކަމެކެވެ. ނަމަވެސް އެކަން ކުރެވޭނީ ވަރަށް ބޮޑަށް ހިތްވަރު ހުރެގެންނެވެ. މިސާލަކަށް ކޮންމެވެސް ފާފައެއް ކުރަން ޝައިޠޯނާ ތިބާ ޝައުޤްވެރިކުރުވައިފާނެއެވެ. އަވަހަށް ﷲ ތަޢާލާއަށް ބިރުވެތިވެލާފައި ފާފަނުކުރާށެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަމަކީ ހަމައެކަނި އެމީހަކު ކުރާ ހެޔޮ ޢަމަލުކަމަށެވެ. ނަމަވެސް ކުރަން ހިތަށް އަރާ ނުބައި އަމަލެއް ނުކުރުމަކީވެސް އަޅުކަމެކެވެ. ނަމަވެސް ހަނދާންކުރާށެވެ. ފުރަތަމަ ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ! ނަމާދުނުކުރާ މީހާ ކުރާ އެހެންކަންކަން ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.   

މިހިރަ ހުރިހާ ކަންކަމަކީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. ހެޔޮ އަމަލެއް ކުރަން ހިތަށް އެރުވުމުން 1 އަޅުކަން ލިޔުއްވަވަތެވެ. އެކަމެއް ކޮށްފިނަމަ 10 ހެޔޮކަން ލިޔުއްވަވަތެވެ. ނުބައި އަމަލެއް ކުރަން ހިތަށް އެރުވި ނަމަވެސް އެމީހަކު އެކަމެއް ކުރަންދެން ނުލިޔުއްވަވަތެވެ. ކޮށްފިނަމަ ލިޔުއްވަވަނީ އެންމެ ނުބައިކަމެކެވެ. ﷲ ތަޢާލާ އަށް ބިރުވެތިވެ އެކަން ނުކޮށް ދޫކޮށްލައިފިނަމަ ހެޔޮ ކަމެއް ކުރި ކަމަށް ލިޔުއްވަވަތެވެ. 

ވީމާ ޝައިޠާނާ ތިބާއަށް ކުރަން ވަސްވާސްދޭ ކަންކަން ކުރަން ހިތަށް އެރި ނަމަވެސް ނުކުރާށެވެ! އެއިރުން އެކުރެވުނީ ސަވާބު ދެއްވަވާނެ ހެޔޮ ޢަމަލެކެވެ. 

Allah's Messenger (peace be upon him) said,

Allah says, 'If My slave intends to do a bad deed then (O Angels) do not write it unless he does it; if he does it, then write it as it is, but if he refrains from doing it for My Sake, then write it as a good deed (in his account).

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން