ޚުޠުބާ: ތައުޙީދުގެ ތިން ބައިގައި ވަރުގަދައަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 31ސ
ޚުޠުބާ: ތައުޙީދުގެ ތިން ބައިގައި ވަރުގަދައަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެ!

އިސްލާމްދީނުގެ އަސާސަކީ ތައުޙީދެވެ. އެއީ އެންމެ ފުރަތަމަ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތަކެވެ. އަދި، އެންމެހައި ޖިންނީންނާއި އިންސީން އެ ކަމަކަށް ޓަކައި ހެއްދެވުނު މަޤްޞަދެވެ. މާތް  ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ." 

ﷲ سُبْحَانَهُ وَتَعَالَى ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުޙީދުގެ މަތިވެރި އަޤީދާއާއިގެންނެވެ. އެކަލާނގެ ބާވައިލެއްވި އެންމެހައި ފޮތްތައް ބާވައިލެއްވުނީ މި މާތް އަޞްލުގެ މަތީގައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!" 

ތައުޙީދަކީ  سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ  ރައްކައުތެރިވުމެވެ. މި ގޮތުން ތައުޙީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި ޢަޤީދާ ޙާޞިލެއް ނުކުރެވޭނެއެވެ. އަޅުތަކުންގެ މައްޗަށްވާ ﷲ سُبْحَانَهُ وَتَعَالَى ގެ އެންމެ މަތިވެރި ޙައްޤަކީ އެކަލާނގެއަށް ޝަރީކު ނުކޮށް ހުރިހައި މާނައެއްގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. ނަބިއްޔާ z މުޢާޛުގެފާނަށް ޙަދީޘްކުރެއްވިއެވެ. {‏‏يَا مُعَاذُ! هَلْ تَدْرِيْ حَقُّ اللهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللهِ؟ قُلْتُ: اَللهُ وَرَسُوْلُهُ أَعْلَمُ، قَالَ: فَإِنَّ حَقَّ اللهِ عَلَى الْعِبَادِ أَنْ يَعْبُدُوْهُ وَلَا يُشْرِكُوْا بِهِ شَيْئًا، وَحَقُّ الْعِبَادِ عَلَى اللهِ أَن لَّا يُعَذِّبَ مَن لَّا يُشْرِكُ بِهِ شَيْئًا}[1] މާނައީ: "އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ، الله سُبْحَانَهُ وَتَعَالَىގެ ޙައްޤާއި، الله سُبْحَانَهُ وَتَعَالَىގެ މައްޗަށްވާ، އަޅުތަކުންގެ ޙައްޤު ކަލޭގެފާނަށް އެނގިވަޑައިގަންނަވައިތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ سُبْحَانَهُ وَتَعَالَى އެވެ. އަދި އެކަލާނގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤަކީ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމާއި، އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެކަލާނގެއަށް ޝަރީކުނުކުރާ މީހަކަށް ޢަޛާބު ނުދެއްވުމެވެ." 

ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ zގެ ޙަދީޘްތަކުގެ ޢަލީގައި ޢިލްމުވެރިން ތައުޙީދު ބައްސަވާފައިވާއިރު ފުރަތަމަބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. އެއީ ﷲ سُبْحَانَهُ وَتَعَالَى އަށް ޚާއްޞަވެގެންވާ ކަންކަމުގައި އެކަލާނގެއަށް ޝަރީކުކުރުމުން ދުރުހެލިވުމެވެ. ޚަލްޤުކުރެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުމާއި، ރިޒުޤުދެއްވުމާއި، ކައުނުގައިވާ ކަންކަން ތަދުބީރުކުރައްވައި ހިންގެވުމާއި މި އެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަމާއި، މިކަންކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޝައްކެއްނެތި ޤަބޫލުކުރުމެވެ. މާތް  ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކުވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭ ތަކެތި ނެރުއްވައި، ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދުބީރުކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. (އެއީ) އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރިނުވަނީ ހެއްޔެވެ؟'' 

ތައުޙީދުގެ ދެވަނަ ބަޔަކީ ހުރިހައި އަޅުކަމެއް ހަމައެކަނި މާތް  އަށް އަދާކުރުމެވެ. ތައުޙީދުލްއުލޫހިއްޔާއަކީ އަޅުކަމުގެ ގޮތުން ކުރެވޭ ހުރިހައި ކަމެއް އެކަލާނގެއަށް ޚާލިޞްކުރުމާއެކު އަޅުކަމުގެ އެއްވެސް ކަމެއްގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިކުރުމަކާނުލައި އަޅުކަންކުރުމެވެ. ނަމާދުކުރުމާއި، ރޯދަހިފުމާއި، ދުޢާކުރުމާއި، ނަދުރުބުނުމާއި، ޤުރުބާންކުރުމާއި، ބިރުވެތިވުމާއި، ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި، އަޅުކަމުގެ ގޮތުން ކުރާ މި ފަދަ ހުރިހައި ޢަމަލެއް ހަމައެކަނި އެކަލާނގެއަށް ޚާލިޞްކުރުމެވެ. ﷲ سُبْحَانَهُ وَتَعَالَى ފޮނުއްވި އެންމެހައި ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުން، އެބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް އެންމެ ބޮޑަށް ގޮވައިލައްވާން ޖެހިވަޑައިގަތީ ތައުޙީދުގެ މި ބަޔަށެވެ. މާތް  ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲ އަށް އަޅުކަންކުރުމަށާއި ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ." 

މުސްލިމަކަށް ވުމަށްޓަކައި، އެންމެ ފުރަތަމަ އަހުރެމެން އީމާންވެ، ޝައްކެއް ވަސްވާހެއް ނެތި ޤަބޫލުކުރާން ޖެހޭނީ މި މަތިވެރި ޢަޤީދާއެވެ. ޝަހާދަތުގެ ދެކަލިމައިގެ ތެރޭގައި ހިމެނޭ ފުރަތަމަ ކަލިމަކަމުގައިވާ  "لَا إِلَـٰهَ إِلَّا اللهُ" މި ކަލިމަ ޚާއްޞަވަނީ އަޅުކަންކުރުމުގައި މާތް  އެއްކައުވަންތަކުރުމުގެ ޢަޤީދާއަށެވެ. މި ކަލިމައިގެ މާނައަކީ، ﷲ سُبْحَانَهُ وَتَعَالَى ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އެއްވެސް އިލާހަކު ނުވެއެވެ. 

ތައުޙީދުގެ ތިންވަނަ ބަޔަކީ ތައުޙީދުލްއަސްމާއި ވައްޞިފާތިއެވެ.  މާތް ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ޤަބޫލުކުރުމެވެ. ތައުޙީދުގެ މި ބަޔަށް އީމާންވުމުގައި ވަރަށް މުހިންމު ދެ އަސާސެއް ހިމެނެއެވެ. ފުރަތަމަ އަސާސަކީ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ ޛާތުފުޅަށް ނިސްބަތްކުރައްވައިފައިވާ ސިފަފުޅުތަކާއި، އަދި ނަބިއްޔާ zގެ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވާ އެކަލާނގެ ސިފަފުޅުތަކަށް އީމާންވުމެވެ. އެ ނަންފުޅުތަކާއި ސިފަފުޅުތައް ސާބިތުކުރާންވާނީ އެކަލާނގެ މަތިވެރިވަންތަކަމާއި ފުރިހަމަވަންތަކަމާ ލާއިޤުވެގެންވާ ގޮތުގެ މަތީންނެވެ. ދެވަނަ އަސާސަކީ އެންމެހައި މަޚުލޫޤުންގެ އުނިސިފަތަކާއި އެއް ވައްތަރުވުމުން އެކަލާނގެ ހުސްދުރުވެވޮޑިގެންވާކަން ޤަބޫލުކުރުމެވެ. މި މަތިވެރި ދެ އަސާސް ބަޔާންކުރައްވައި މާތް  ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." 

އަޅާ، ތައުޙީދުގެ މި ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެއެވެ. އެހެނީ މައްކާގެ މުޝްރިކުން ވެސް ﷲ سُبْحَانَهُ وَتَعَالَى ވޮޑިގެންވާކަމަށް އީމާންވިއެވެ. މާތް  ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފި ނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެވެ." ނަމަވެސް ހަމައެކަނި  ވޮޑިގެންވާކަން ޤަބޫލުކުރުމަކުން އެބައިމީހުންނަކަށް މަންފާއެއް ނުކުރިއެވެ. އެހެނީ އެއުރެން އަޅުކަން ކުރުމުގައި ﷲ سُبْحَانَهُ وَتَعَالَى އެއްކައުވަންތައެއް ނުކުރެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި އެއުރެންކުރެ ގިނަ މީހުން، ޝަރީކުކުރާ ބަޔަކު ކަމުގައިވާ ޙާލުގައި މެނުވީ، އަށް އީމާނެއް ނުވެތެވެ." 

އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސަކީ ތައުޙީދެވެ. ކީރިތި ރަސޫލާ z މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރުގެ ދިގު މުއްދަތުގައި ދަޢުވަތުގެ، އެންމެ މުހިންމު ބަޔަކީ، އެބައިމީހުންގެ މެދުގައި ފެތުރިފައިވާ ގެ އެއްކައުވަންތަކަމާ ޚިލާފު، ޝިރުކުގެ ޢަމަލުތަކުން އެއްކިބާވާން ގޮވައިލެއްވުމެވެ. ތައުޙީދުގެ މަތިވެރި އަސާސުގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެއެވެ. އަހުރެމެން ކުރާ ކޮންމެ ޢަމަލެއް الله سُبْحَانَهُ وَتَعَالَىއަށް ޚާލިޞްކޮށް ޝިރުކުން އެއްކިބާ ކުރެވިއްޖެ ނަމަ، ސީދާމަގުގައި ފައިތިލަ ސާބިތުކޮށްފައިވާ ބާއްޖަވެރި ބަޔަކަށް ވާނެއެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ފަހެ، ޝައިޠާނާއަށް ކާފިރުވެ، އަށް އީމާންވާ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތިދިޔުމެއް އެޔަކަށްނުވެއެވެ." 

މި މަތިވެރި ޢަޤީދާ ދޫކޮށް ބާޠިލު ޢަޤީދާތަކަށް ތަބާވެ، الله سُبْحَانَهُ وَتَعَالَىގެ މަގަށް ފުރަގަސްދީ، ކުރާ ޢަމަލުތަކުގައި ޝިރުކު ހިމެނިއްޖެ ނަމަ، ހުރިހާ ޢަމަލުތަކެއް ބާޠިލުވެ، ގެއްލެނިވެގެން ހިނގައިދާނެއެވެ. މާތް ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވައިފައި ވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވައިފި ނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އޭރުން ކަލޭގެފާނުވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. އަދި ކިއެއްތަ! ހަމައެކަނި އަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ވެ ވަޑައިގަންނަވާށެވެ!"[2]

މިއަދު އޮންލައިން