ނުއެނގި ތިބެ ކުރެވޭ ފާފަތައް މިހާގިނަވެފައިވާއިރު މިއީ ނިދުމުގެކުރިން ކޮންމެހެންވެސް ކުރަންޖެހޭ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ނުއެނގި ތިބެ ކުރެވޭ ފާފަތައް މިހާގިނަވެފައިވާއިރު މިއީ ނިދުމުގެކުރިން ކޮންމެހެންވެސް ކުރަންޖެހޭ ދުޢާއެއް!

ބައެއް ފާފަތައް ކުރެވެނީ އަހަރެމެންގެ ނަފްސުގެ ބަލިކަށިކަމުން ނަމަވެސް ޤަޞްދުގައެވެ. އަނެއްބައި ފާތައް ކުރެވެނީ ޤަޞްދެއް ނެތިއެވެ. ޤަޞްދެއްނެތި ކުރެވޭ ފާފަތަކުގެ ތެރޭގައި ބެލެން ހުއްދަ ނޫން ތަންތަނަށް ބެލުމާއި ހުއްދަނޫން އަޑުތައް އަޑުއިވުމާއި މިފދަ އެތައް ކަންތައްތަކެއް ހިމެނިގެންވެއެވެ.

މިދުޢާގައި އަހަރެމެން އެދި މިދަންނަވަނީ:

"އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވެވުމަށެވެ! އަޅަމެންގެ ބަލިކަށިކަމުގެ މައްޗަށް ރަޙުމް ކުރައްވަވައި ޢަފޫކޮށް ދެއްވެވުމަށެވެ.

ދުޢާ: رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!"

މިގޮތަށް މިދުޢާ ގެނައުމުން ބައެއް މީހުންނަށް އޮޅިވެސްދާނެއެވެ. މިއީ ނިދުމުގެ ކުރިން ކޮންމެ ރެއަކު ކިޔަން އޮތް ބަޤަރާ ބަޤަރާ ސޫރަތުގެ އެންމެ ފަހު 2  އާޔަތުގެ ތެރެއިން ފަހު އާޔަތުގައި ހިމެނޭ ދުޢާއެކެވެ. އެ އާޔަތް ކިޔެވުމުން މިދުޢާކުރެވުނީއެވެ. ވީމާ އާޔަތުގެ މާނަ ދަސްކުރާށެވެ!

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ

"ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢިޤާބު) އެ ނަފްސެއްގެ މައްޗަށްވެއެވެ.

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ!

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް ޢަފޫ ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރު ވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!" (ބަޤަރާ: 286)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން