އަބަދު ވުޟޫ މަތީގައި ހުންނަން މަސައްކަތްކުރާށެވެ! އެއީ ހާދަ ފައިދާ ބޮޑުކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަބަދު ވުޟޫ މަތީގައި ހުންނަން މަސައްކަތްކުރާށެވެ! އެއީ ހާދަ ފައިދާ ބޮޑުކަމެކެވެ!

ޢާންމު ގޮތެއްގައި ގިނަ މީހުން ވުޟޫކުރަނީ ހަމައެކަނި ނަމާދުކުރުމަށާއި މުޞްޙަފްގައި ބީހި އުފުލައި ހެދުމަށެވެ. އެކަމަކު ބުންނަހެއްޔެވެ؟ އެއީ އެވަރުން ފުއްދައިލެވޭވަރަށްވުރެ މާގިނަ ފައިދާތައް ލިބެން އޮތް ކަމެކެވެ.  

ވުޟޫމަތީގައި ހުރުމަކީ ވަރަށް ގިނަ ފައިދާތައް އެމީހަކަށް ކުރާނެ ކަމެކެވެ. ވުޟޫކުރާ ކޮންމެ ފަހަރަކު ވުޟޫކުރާއިރު އޮހޮރިގެންދާ ފެންތަކާއިއެކު ތިމާގެ އެތައް ބައިވަރު ފާފަތަކެއް ފުހެވިގެންދެއެވެ.  

އަދިކީއްހެއްޔެވެ؟ އަބަދުވެސް ވުޟޫ މަތީގައި (ވުޟޫކޮށްގެން) ހުންނަން މަސައްކަތްކުރާނަމަ އިން ޝާ ﷲ މަރުގެ މަލާއިކަތާ ވެސް ތިބާ އާއި ބައްދަލުކުރައްވަވާނީ ވުޟޫމަތީގައި ހުއްޓައެވެ. އެއިރުން ތިބާގެ ހަށިގަނޑަކީ ކިހައި ޠާހިރު ހަށިގަނޑަކަށް ވާނެ ހެއްޔެވެ؟  

މަރުގެމަލާއިކަތާ ތިބާގެ ފުރާނަ ހިއްޕެވުމަށްފަހު ފުރަތަމަ ގެންދަވާނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީއިރު ތިބާގެ ފުރާނަ ނެރުއްވެވީ ވުޟޫމަތީގައި މަތީގައި ހުރި ހަށިގަނޑަކުން ކަމުގައި ވުމަށް ތިބާ ނުއެދޭނަމު ހެއްޔެވެ؟  

ވުޟޫމަތީގައި ހުރުމަކީ ތިމާގެ ހިތުގައި ﷲ ތައާލާއަށް ލޯބި އަންގައިދޭ ކަމެކެވެ. ކިޔަމަންތެރިކަން އަންގައިދޭ ކަމެކެވެ. ﷲ ތަޢާލާގެ ޙަޒްރަތަށް ކުށްތަންވެގެން ހުރިކަން އަނގައިދޭ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ ވުޟޫމަތީގައި ހުރުމަކީ ސިޙޫރާއި އެސްފީނާއިންވެސް ސަލާމަތްކޮށްދޭ ކަމެކެވެ. އިން ޝާ ﷲ  

ހަމަ އެކަނި މިބަޔާން ކުރި މިންވަރުންވެސް އަބަދުމެ ވުޟޫ މަތީގައި ހުރުމުގެ ފައިދާ އެނގިގެންދެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން