ނަރަކައިން ސަލާމަތްވެވުމާއި ސުވަރުގެ ލިބުން އޮތީ ހަމައެކަނި އަޅުކަންކުރުމަކުން ނޫނެވެ. ކުރާ އަޅުކަން ބާޠިލް ނުވެ ތިމާއާއިއެކުގައި ދެމެހެއްޓިގެންނެވެ. އެހެނަސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ނަމާދުކޮށް، ރޯދަހިފައި އެހެންވެސް އަޅުކަންކުރުމުން ސުވަރުގެވަދެވޭނެ ކަމަށެވެ. ބޭކަލުންނޭވެ!
އަދި އެވަރަކުން ނުފުދެއެވެ!
އެމީހަކީ ފިރިހެނެއް ނަމަވެސް އަދި އަންހެނެއް ނަމަވެސް އަދި އެމީހާއަކީ ނަމާދުކޮށް ރޯދަ ހިފައި ޞަދަޤާތްދީ އުޅޭ މީހަކުނަމަވެސް އެމީހާގެ ދުލުގެ މިބައިކަމުން އެމީހާގެ އަވަށްޓެރިން ސަލާމަތްވެގެން ނުވާނަމަ އެ މީހަކުވަނީ ނަރަކައިގައިކަން ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ!
ހަމައެއާއިއެކު ހެޔޮ އަމަލުތައް ކުރަމުން އެމީހާއަކީ އަވަށްޓެރިންނަށް ހެޔޮ، ރަނގަޅު މީހަކު ނަމަ އެމީހާ ވަނީ ސުވަރުގޭގައިކަންވެސް އަންނަވި 2 ޙަދީޘްފުޅުން އެނގިގެންދެއެވެ.
It was narrated that Abu Hurayrah (may Allaah be pleased with him) said:
A man said: O Messenger of Allaah, “So and so (a woman) – and he spoke of how much she prayed and fasted and gave charity – but she annoys her neighbours with her (sharp) tongue.” He said: “She will be in Hell.”
He said: “O Messenger of Allaah, So and so (another woman) – and he spoke of how little she fasted and gave charity and prayed – but she gives cheese in charity and she does not annoy her neighbours with her (sharp) tongue.” He said: “She will be in Paradise.”
Narrated by Ahmad in al-Musnad (2/440) and classed as saheeh by al-Albaani in al-Targheeb wa’l-Tarheeb (3/321) and by Shaykh al-Albaani in al-Silsilah al-Saheehah (no. 190).
މީސްތަކުންނޭވެ! މި 2 ޙަދިޘްފުޅުން އެނގިގެން މިދަނީ އަވަށްޓެރިންގެ ޙައްޤުތަކެވެ. އަވަށްޓެރިންނަށް ހެޔޮކޮށް ހިތަންޖެހޭނެ މިންވަރެވެ. އަޅުކަން ކުރުމުގެ އިތުރުން އެމީހެއްގެ އަޚްލާޤް ފުރިހަމަ ކުރުމުގެ މުހިންމު ކަމެވެ.
ދުލުން ނުބައި ބަސްތައް ބުނުމާއި ދެބައޮޑުވުމާއި ފިތުނަ އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމުގެ ހުރި ނުބައިކަން މިކަން ދެކެބަލާށެވެ! އެފަދަ މީހުންނާއި ރޯދައަށް ތިބެ ރުޅި އިސްކލުރާ މީހުންގެ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވަތެވެ.
It was narrated from Abu Hurayrah (may Allaah be pleased with him) that the Messenger of Allaah (peace and blessings of Allaah be upon him) said: “Whoever does not give up false speech and acting upon it, Allaah has no need of his giving up his food and drink.”
Narrated by al-Bukhaari (1903)
މިފަދަ ހުރިހާ ކަމަކުން ވެސް އެނގިގެން މިދަނީ ރިވެތި އަޚްލާޤަކީ އިސްލާމް ދީނުގެ އެންމެ މުހިނަމު އެއް އަސާސްކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން