ދުނިޔޭގައި ކިތަންމެ ކުޑަނަމވެސް ބަލިމަޑުކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެއީ މާބޮޑުކަމަކަށްވެ އެކަމާއިމެދު އިންތިހާއަށް ކަންބޮޑުވާ މީހުން މި ޙަދީޟްފުޅަށް ވިސްނައިލާށެވެ!
Prophet Muhammad ﷺ said, "On the day of resurrection, when people who had suffered affliction are given their reward, those who were healthy will wish their skins had been cut to pieces with scissors when they were in the world."
Al Tirmidhi 2402
މި ޙަދިޘްފުޅުން އެނގިގެންދަނީ ޤިޔާމަތް ދުވަހު، ދުނިޔޭގައި ބަލިމަޑުކަމުގެ މުޞީބާތް ކުރިމަތިކުރެއްވެވުމުން ކެތްތެރިވި މީހުންނަށް ޙައްޤު ޖަޒާ މިންވަރުކުރައްވަވާތަން އެފަދަ މުޞިބާތެއް ނުޖެހި ޞިއްހަތު ސަލާމަތުން ދުނިޔޭގައި އުޅުނު މީހުން ދުނިޔެގައި ތިބި އިރު އެމީހުންގެ ގައިގެ ހަން ކަތުރަކުން ކޮށައިލެވުނު ނަމައެވެ ހިތަށް އަރާނެ ކަމަށެވެ.
މީސްތަކުންނޭވެ! މިފަދަ ހަދީޘްފުޅުތަކުން އެނގިގެންދަނީ ގައިގައި ވޭނެއް އެޅިނަމަވެސް އެކަމަށް ކެތްތެރިވާންޖެހޭނެ މިންވަރެވެ! އަދި ދެއްވަވަން އޮތް ބޮޑު ނިޢަކަތެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ބަލައި، ޝުކުރުވެރިވާން ޖެހޭނެ މިންވަރެވެ!
ނަމަވެސް މީގެ މާނައަކީ ބޭސްފަރުވާ ނުކުރުމެއް ނޫނެވެ. ބޭސްފަރުވާ ކުރަން ޖެހޭނެއެވެ. ޝިފާ ހޯދަން މަސައްކަތްކުރަންވާނެއެވެ. ނުކުރަންވި ކަމަކީ އެކަން ކުރިމަތިކުރެއްވެވީތީ ޝަކުވާ ނުކުރުމެވެ. ކުރަންވީ ކަމަކީ ސަބަބުގައި ހިފަހައްޓައިގެން ޝިފާ ހޯދަން މަސައްކަތްކުރުމާއިއެކު ޝިފާ ލިބުން ލަސްވާތީ ޝަކުވާ ނުކޮށް ކެތްތެރިވުމެވެ.
އެކަން ކުރެވޭނީ އެމީހާގެ ކިބައިގައި އެވަރުގެ ވަރުގަދަ އީމާންކަމެއް ހުރެގެންނެވެ. ތަޤްވާވެރިކަން ހުރެގެންނެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރު ކުރާ މީހަކަށް ވެވިގެންނެވެ. ގަދައަޅައި މަސައްކަތް ކުރަންވީ އެފަދަ މީހަކަށް ވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން