ރަނގަޅު ގޮތް ބޭނުންނަމަ މިހާރުގެ ވިސްނުން ބަދަލުކޮށް އިސްތިޚާރާކުރުން ގިނަކުރަންޖެހޭ! ދުޢާކުރެވޭނެ ލުއިމަގުވެސް އެބައޮތް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރަނގަޅު ގޮތް ބޭނުންނަމަ މިހާރުގެ ވިސްނުން ބަދަލުކޮށް އިސްތިޚާރާކުރުން ގިނަކުރަންޖެހޭ! ދުޢާކުރެވޭނެ ލުއިމަގުވެސް އެބައޮތް!: ޢުމަރު ސުލައިމާން

ޞަޙާބީން ވަނީ ގިނަގިނައިން އިސްތިޚާރާ ކުރައްވަވައިފައެވެ. ނަމަވެސް އަހުރެމެން އިސްތިޚާރާ ކުރަނީ މުޅިޢުމުރުގައިވެސް ވަރަށް މަދުފަހަރަކުއެވެ. ގިނަވެގެން 4 ވަރަކަށް ފަހަރުއެވެ. އެއީ އިސްތިޚާރާކުރުމަކީ ވަރަށް ބޮޑުކަމެއްކުރަންޖެހުމުން ކުރަްނ އޮތް ކަމެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.  

އަހުރެންގެ ވިސްނުން ތަފާތެވެ. އެއީ ކުޑަކަމެއް ނަމަވެސް އަދި ބޮޑުކަމެއް ނަމަވެސް ތިބާކުރަން ޤަޞްދުކުރާ ކޮންމެ ކަމަކަށް އިސްތިޚާރާކުރާށެވެ. ފަތިސްނަމާދުގެ އިހުސުންނަތަށްފަހުގައި ނަމަވެސް ތިބާ ކުރަން ބޭނުންވެގެން އުޅޭކަންތައް ބަޔާންކޮށް ރަނގަޅު ގޮތް އަންގަވައި ދެއްވެވުން އެދިގެން ދުޢާކުރާށެވެ.  

އެއިރުން ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އެކަމުގެ ސަބަބުން ތިބާއަށް ހެޔޮވިސްނުން ލިބި ފައިދާހުރި ކަންކަން ކުރުމަށާއި ގެއްލުން ހުރި ކަންކަން ނުކުރަން މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ  

އެކަމަކުން ތިމާއަށް ކުރާނީ ފައިދާކަން ޔަޤީންކޮށްގެން ކުރާ ކިތައް ކަންތަކުން ގެއްލުން ލިބޭ ހެއްޔެވެ؟ އެކަމުން އެނގިގެންދަނީ އަހުރެމެންނަށް ފައިދާކުރާނެ ކަންކަމާއި ގެއްލުންލިބޭނެ ކަންކަން އަހުރެމެންނަށް ނުއެނގޭކަމެވެ. އެކަންކަން އެންމެ މޮޅަށް ދެނެވޮޑިގަތުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން