ދަރިންނަށާ ތިމާމެންނަށް ސުވަރުގެ ލިބުން އެދޭނަމަ ޢުމަރު ބިން ޢަބްދުލްޢަޒީޒް ދެއްވަވާފައިވާ މިއަގުހުރި ނަޞޭޙަތްފުޅަށް ވިސްނައި މައިންބަފައިން ނިކަން ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދަރިންނަށާ ތިމާމެންނަށް ސުވަރުގެ ލިބުން އެދޭނަމަ ޢުމަރު ބިން ޢަބްދުލްޢަޒީޒް ދެއްވަވާފައިވާ މިއަގުހުރި ނަޞޭޙަތްފުޅަށް ވިސްނައި މައިންބަފައިން ނިކަން ޢަމަލުކޮށްބަލަ!

ލޮބުވެތި މައިންބަފައިންނޭވެ! އިސްލާމީ ޝަޚްޞިއްޔަތުތަކުގެ ތެރެއިން އެންމެ އަރައިހުންނެވި އެއްބޭކަލަކު ކަމުގައިވާ ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ މި ބަސްފުޅާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟ ތިއަ ލޮބުވެތި މައިންބަފައިންގެ ފައިސާގައި ފާފަކުރަމުން އެދަނީ ކިތައް ދަރިން ހެއްޔެވެ؟ މަސްތުވާތަކެތި ބޭނުން ކުރުމާއި ފާހިޝް ޢަމަލުތައް ކުރުން ފަދަ ބޮޑެތި ފާފަތައް ކުރުމުގައިވެސްމެއެވެ.

"އަހަރެންގެ ދަރިންނަށް އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ އެމީހުންނަކީ ﷲ ތަޢާލާއަށް އީމާންވާ، ތަޤްވާވެރި ހެޔޮ ޢަމަލުތައް ކުރާ ބައަކު ކަމުގައިވުމެވެ. އެއިރުން ﷲ ތަޢާލާ އެދަރިންގެ ކަންކަން ބައްލަވައިވޮޑިގަންނަވާނެތެވެ.

ދެވަނަ ގޮތަކީ އެމީހުންނަކީ މިބުނި ފަދަ ދަރިން ކަމުގައި ނުވުމެވެ. ހަމަ ޔަޤީނުން ވެސް އެފަދަ ދަރިއަކު ފާފަކުރަން އަހަރެންގެ އަތުން އެންމެ ފައިސާފޮތްޗެއްވެސް ޚަރަދެއް ނުކުރާނަމެވެ." --ޢުމަރު ބިން ޢަބަދުލްޢަޒީޒްގެ ބަސްފުޅެއް.

ލޮބުވެތި މައިންބަފައިންނޭވެ! ތިއަބައިމީހުންގެ ދެލޯ ފަދައިން ލޯބިވާ ދަރިންނަށް ބަންގީގެ އަޑު ނުއިވި ކޮފީ މޭޒުތަކުގައި ތިބެގެން ތިއަބައިމީހުންގެ ފައިސާ ހޭދަކުރަމުން ގެންދާއިރު ހަމަ އެއްވެސް އެއްޗެއް ހިތަށް ނުއަރަނީ ހެއްޔެވެ؟ ކޮފީ ހުއްދައެވެ! ނަމަވެސް ބަންގީގެ އަޑަށް ޢިޖާބަނުދިނީމާ އެވަނީ ކިހިނެއް ހެއްޔެވެ؟

ލޮބުވެތި މައިންބަފައިންނޭވެ! ތިއަ ކުރެވޭ ކަމަކީ ދަރިންގެ އަތަށް ފައިސާ ދީގެން ދަރިން ނަރަކައަށް ފޮނުވަނީ ނޫންހެއްޔެވެ؟ ތިއަކުރާކަންތަކަށްވެސް ކިޔަންވީ ހަމަ ލޯބިވުން ހެއްޔެވެ؟

ލޮބުވެތި މައިންބަފައިންނޭވެ! ދަރިން ދެކެ ލޯބިވުމަކީ އެކުދިން އެދޭހައި ކަންކަން ކޮށްދިނުމެއް ނޫނެވެ! ގަދަބާރުން، އޮބިއަޅައިގެން ނަމަވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުވުމެވެ. ނަރަކައިން ސަލާމަތްކޮށް ސުވަރުގެ ވައްދަން ގަދައަޅައި މަސައްކަތްކުރުމެވެ. ވީމާ ދަރިން ދެކެ ޙަޤީޤީ ލޯބިވާ ބައަކަށްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން