ތިބާއަށްޓަކައި ތިބާއަށް ކުރެވޭނެ އެންމެ ހެޔޮ 6 ކަމެއް! މިއިން އެންމެ ކަމެއްވެސް ނުކޮށް ދޫކޮށްނުލާތި! ކުރަންވެސް ވަރަށް ފަސޭހަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތިބާއަށްޓަކައި ތިބާއަށް ކުރެވޭނެ އެންމެ ހެޔޮ 6 ކަމެއް! މިއިން އެންމެ ކަމެއްވެސް ނުކޮށް ދޫކޮށްނުލާތި! ކުރަންވެސް ވަރަށް ފަސޭހަވާނެ!

ފުރަތަމަވެސް ބުނެލަން އޮތީ މީހަކަށް އެއްޗެއް ދިނަސް އެކަމުގެ ފައިދާ ބޮޑީ ތިބާއަށެވެ. ޞަދަޤާތް ކުރިކަމުގެ ޘަވާބު ދެއްވަވާނެތީއެވެ. ކުރާ ކޮންމެ ހެޔޮޢަމަލަކާއި ގުޅިގެންވެސް ކަންތައް އޮތީ ހަމަ މިފަދައިންނެވެ.

ވީމާ ދަންނާށެވެ! އަހަރެމެންކުރާ ކޮންމެ ކަމެއްވެސް ކުރަނީ އަހަރެމެންނަށްޓަކައެވެ. ކުރަންވީވެސް ހަމަ އެމީހަކަށްޓަކައެވެ. އެހެނީ މީހަކަށްޓަކައި ކަމެއްކޮށްދިނަސް އެކަންކޮށްދިން މީހާއަށް ޘަވާބު ދެއްވަވަތެވެ. ތިބާއަށްޓަކައި ތިބާއަށް ކުރެވޭނެ އެންމެ ހެޔޮ ކަންކަން ބައިވަރެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ:'

އެހެން މީހުން ތިބާ އާއިމެދު ކަންކަން ކުރާ ގޮތަށްވުރެ ރަނގަޅަށް ތިބާ އެމީހުންނަށް ކަންކަން ކުރުން

ތިބާއަށް ނުބައި މީހުންނަށް ހެޔޮވުން

މާފުކުރުމުގައި އިސްނެގުން

ދުލުން ނުބައި ބަސް ނުބުނުމާ ހެޔޮ ބަސް ބުނުން

ހިނިތުންވުމާއިއެކު ކުރިމަތިލުން

ސަލާމް ކުރުމުގައިވެސް އިސްނެގުން

މިއިން ކޮންމެ ކަމަކީވެސް ތިބާއަށްޓަކައި ތިބާއަށް ކުރެވިދާނެ ކަންކަމެވެ. އެއިން ކޮންމެ ކަމަކުންވެސް ދެދުނިޔޭގައިވެސް ތިބާއަށް ފައިދާކުރާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން