ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު: ރަސޫލް ޞޢޥ ދެއްވެވި ފަނުން ޝައިޠޯނާ ގައިގަ ތެޅުއްވުން

ކިޔުމަށް ހޭދަވާނީ 1މ 57ސ
ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު: ރަސޫލް ޞޢޥ ދެއްވެވި ފަނުން ޝައިޠޯނާ ގައިގަ ތެޅުއްވުން

- ޢަލީ އިޙްޞާން ފިރާޤް

 

ޤަތާދާ އާއި ޝައިތާނާ 

قتادة بن النعمان رضى اللّـه عنــه ވިދާޅުވެފައިވެއެވެ. އެއްރެއަކު ވަރަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. އެރެއަކީ އާދަޔާ ޚިލާފަށް އަނދިރިވެސް ރެއެކެވެ. އެރެއަކީ އަގުހުރި ރެއެއްކަމުގައި ބަލައިގެން ތިމަންކަލޭގެފާނު (ވާރޭގައި އުނދަގޫތަކުގައި) މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ގޮސް ޢިޝާ ނަމާދުކުރީމެވެ. އެކަލޭގެފާނު ނަމާދުފުޅުން އަވަދިވެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. 

[އޭ ޤަތާދާއެވެ. ކަލޭގެފާނުގެ ބޯމައްޗަކު ވިލާގަނޑެއްވެސް ނެތް ހެއްޔެވެ؟ (ކަލޭގެފާނަށް ވިއްސާރައެއްވެސް ނޫންތޯއެވެ؟) 

ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. [އަޅުގަނޑުގެ މަންމައާއި ބައްޕަ ކަލޭގެފާނަށްޓަކައި ޤުރްބާންނެވެ. ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ ކަލޭގެފާނުގެ ގާތްކަން ޙާޞިލު ކުރަންށެވެ.] 

އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަލޭގެފާނަށް ކަދުރު ރުކުގެ ފަނެއް ދެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. 

[ މީގައި ހިފާށެވެ. އެ އޮތްހާ ހިނދަކު ކަލޭގެފާނަށް އާމާންކަން ހުއްޓެވެ. ކަލޭގެފާނު މި ހިފައިގެން ބޭރަށް ނުކުމެއްޖެނަމަ ކަލޭގެފާނުގެ ކުރިމަތީންނާއި ފަހަތުން ދިހަ މުށަށްވާހާތަން އަލިކޮށްދޭނެއެވެ. ކަލޭގެފާނުގެ ގޭގޭ ނޫޅުއްވާ ވަގުތު ޝައިތާނާ ކަލޭގެފާނުގެ އަހުލުވެރިންނާއެކު ހޭދަކުރެއެވެ. ކަލޭގެފާނުގެ ގެއަށް ވަޑައިގެން ގޭގެ ފަހަތުން ވަންނާށެވެ. އަދި ޝައިތާނާގެ ގައިގައި މިފަނުން ޖަހާށެވެ.] 

قتادة بن النعمان رضى اللّـه عنــه ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު ބޭރަށް ނުކުތުމުން އެފަން އަލިގަދަ ބައްތިއެއްހެން ދިއްލިއްޖެއެވެ. ތިމަންކަލޭގެފާނު ގެއަށް ދިޔައީ އޭގެއިން ލިބުނު އަލިކަމުގެ ބޭނުން ހިއްޕަވައިގެންނެވެ. ގެއަށް ދިޔައިރު ގޭގެ އަހުލުވެރިންވަނީ ނިދައިފައެވެ. ގޭގެ ކަނަށް ބަލައިލިރު މީދަލެއްގެ ސިފައިގައި ޝައިތާނާ އިނެވެ. ދެން ތިމަންކަލޭގެފާނު އެކަދުރު ރުކުގެ ފަނުން އޭގައި ތަޅަންފެށީމެވެ. އޭތި ގެއިން ނުކުމެއްޖައުމަށް ދާންދެން ތެޅީމެވެ.{މުއުޖަމުލް ކަބީރު، ވޮލިޔުން 19، ޞަފްޙާ 5}

- ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން