އެއްވެސް މީހެއްގެ ހިތަށްވިޔަސް، އެހެން ގޮތަކުން ވިޔަސް އަނިޔާކޮށްފައި ފިލައި ނުހުރެވޭނެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެއްވެސް މީހެއްގެ ހިތަށްވިޔަސް، އެހެން ގޮތަކުން ވިޔަސް އަނިޔާކޮށްފައި ފިލައި ނުހުރެވޭނެކަން ޤުރްއާނުން-

ކޮންމެ މީހަކުވެސް ތިމާއަށް އެހެންމީހަކު އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފިނަމަ ނުވަތަ ހިތުގަ ޖެހޭނެ ފަދަ ކަމެއް ކޮށްފިނަމަ ދެރަވެއެވެ. ހިތުގައިޖެހެއެވެ. ކަރުނަ އަޅައެވެ. ކަންބޮޑުވެގެންއުޅެއެވެ. ކަންބޮޑުވުން މުޅި ދުނިޔެއަށް ފައުޅުވެސްކުރެއެވެ. އެކަން އެންމެންގެ ސަމާލުކަމަށް ގެންނަން މަސައްކަތްކުރެއެވެ. 

އެކަމަކު ތިމާ އެހެން މީހަކަށް އަނިޔާކުރާކަށް، އަނިޔާވެރިވާކަށް އަދި ހިތުގައި ޖައްސުވާކަށް ކަންބޮޑެއް ނުވެއެވެ. އަދި ތިމާގެ ބެލެނިވެރިަކމުގައި ތިބޭ މީހުން ދެރަކޮށް ނިކަމެތިކުރާކަށްވެސް ކަންބޮޑެއް ނުވެއެވެ. ތިމާ އެހީތެރިވެ ބަލަހައްޓަންޖެހޭ މީހުން ލޮލުން ނެދެކި އަޅައިނުލާ ތިބޭކަށް ޖެހިލުމެއްވެސް ނުވެއެވެ. 

މިއަދު ބޭނުންވަރަކަށް އަނިޔާކޮށް ހިތްފުރާލާށެވެ! ހިތުގައި ޖައްސުވައި ރޮއްވާށެވެ! ދެރަކޮށް ނިކަމެތިކުރާށެވެ! ކޮންމެ މީހަކަށްވެސް އެމީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. ހަނދާންކުރަންވީ އެއިޚްތިޔާރުތައް ތިމާއާއިއެކުގައިވާނީ ތިމާ މަރުވަންދެން ކަމެވެ. 

ވިސްނައިލާށެވެ! މީހަކަށް ބޮޑު އަނިޔާއެއްދީފައި ނޫނީ އަރާމުގައި ނިދާލަން އުނދަގޫވި މީހުން އަބަދުވެސް ދުނިޔޭގައި އުޅުނެވެ. އަދި އެމީހުންގެ ނިމުން އެމީހުންނާއި ބައްދަލުކުރި ގޮތުގެ ވާހަކަތައްވެސް އެހުރީ ފެންނާށެވެ. ވާހަކަފޮތްތަކުގެ އިތުރުން ފިލްމްތައްވެސް އެހުރީއެވެ. ހިތާމައަކީ ޢިބްރަތް ޙާޞިލްނުކުރެވޭ ކަމެވެ. ކުރިއަށް އޮތީ ތަޢާލާގެ ދަރުބާރުގައި ޖަވާބުދާރީ ކުރެވޭނެ!ދުވަސްކަމާއިމެދު ވިސްނައިވެސް ނުލެވޭކަމެވެ.

އެފަދަ މީހުންނަށް ހަމައެކަނި މިއާޔަތް ފުދެއެވެ.   

{وَلَتُسۡـَٔلُنَّ عَمَّا كُنتُمۡ تَعۡمَلُونَ} سورة النحل 93

މާނައީ: "އަދި ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކާއިމެދު، ތިޔަބައިމީހުންނާ ސުވާލު ކުރައްވާހުށިކަން ކަށަވަރެވެ". 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން