އުންމު ނަވާރު
މީގެ ދެތިން ދުވަހެއްގެ ކުރިން އެފްބީއިން ފެނުނު ޝެއިހެއްގެ ޕޯސްޓެއް ލޮލުގައި އަޅައިގަތެވެ. ޝެއިހު ޕޯސްޓްގައި ލިޔެފައިވެއެވެ. " ﷲ ތަޢާލާ އިންސާނަކު ޚަލްޤު ކުރެއްވުމުގައި ލައްވާފައިވާ ޢައިބެއްގެ ސަބަބުން އޭނާއަށް މަލާމާތްކުރުމަކީ، ﷲ ތަޢާލާގެ ޚަލްޤު ކުރެއްވުމަށް މަލާމާތް ކުރުމެވެ. މީހުންގެ އެފަދަ ޢައިބުތަކަށް މަލާމާތްކުރާ މީހުންނަށް ވަރަށް ގިނަ ފަހަރު ﷲ ތަޢާލާ އެފަދައިން ދުނިޔެމަތީގައި ޢުޤޫބާތް ޖައްސަވާތަން ފެނިފައިވަނީ މަދެއްކޮށެއް ނޫނެވެ. "
މި ޕޯސްޓް ކިޔާފައި ހިތަށް އެރިއެވެ. ޝެއިހް މި ވިދާޅުވާ ގޮތަށް އަޅުގަނޑުމެން ކުޑަ މުޖުތަމައުގައިވެސް ކަންތައް މެދުވެރިވާތަން ވަރަށް ގިނަ ފަހަރު ފެނެއެވެ. މީހެއްގެ ހަށިގަނޑުގައި ހުންނަ ޢައިބެއްގެ ސަބަބުން އެމިހަކާ ދިމާއަށް ވަރަށް ނޫން ކަމަށް ހަދާފައި ބައެއް މީހުން ދެރަ ބަސް ބުނެ ހިތުގައި ޖައްސުވައެވެ. އަސްލު މަލާމާތް ކުރާ މީހުންނަށް މި ނޭނގެނީ މަލާތްމާތް މި ކުރެވެނީ ﷲ ތަޢާލާގެ ޚަލްޤު ކުރެއްވުމަށްކަމެވެ.
އަޅުގަނޑު މަންމަ އަޅުގަނޑަށް ކިޔާ ދެއްވިއެވެ. އަޅުގަނޑު މަންމަގެ ފުރަތަމަ ވިހެއި ދަރިފުޅުގެ ފައިގައި ވަރަށް ބޮޑަށް ޢައިބު ކަމެއް ހުއްޓެވެ. މީގެ ސަބަބުން ދައްތައަށް ހިގުމުގައި އުނދަގޫތަކަކާއި ކުރިމަތިވިއެވެ. އާންމުކޮށް ކުދިން ހިނގާ އުމުރުގައި ދައްތައަށް ނުހިގުނެވެ. ދައްތައަށް ހިގެންފެށީ ފައިގެ ކަޅުހަންފުށް ޖައްސައިގެންނެވެ.
ދައްތަ ފައި ހުންނަ ގޮތުންނާއި ހިނގޭ ގޮތުން ދުރުތާ ތިމާގެ މީހަކު އެއްޗެހިކިއެވެ. އޭގެ ގާތްގަނޑަކަށް 3 ވަރަކަށް އަހަރު ފަހުން އެއްޗެހިކީ ދައްތައަށް ލިބުނު ދަރިފުޅުގެ ފައިވެސް ހުރީ އަޅުގަނޑުގެ ދައްތަ ފައި ހުންނަ ގޮތަށެވެ. ކަންތައް މެދުވެރި ކުރައްވާގޮތް ނިކަން ދެކިބަލާށެވެ.
މީހުންގެ ޢައިބުތަށް މަލާމާތް ކުރަމުން ދުވާ މީހުންނަށް އަޅުގަނގަޑު ބުނެލަން ބޭނުންވަނީ މާދަމާ ތިމާއަށްވެސް އެފަދަ ކަމެއް މެދުވެރި ކުރައްވާފާނެކަމެވެ. ވަގުތު ފާއިތު ނުވަނީސް ތަޢުބާވެ އަމަލުތައް އިސްލާހު ކުރުން އަވަސް ކުރަންވީއެވެ.
ލިޔުނީ: އުންމު ނަވާރު