އެކުވެރިންނާ އޮފީސްކުދިން ފުރައްސާރަކުރާތީ ބުރަގާއަޅަން ފަސްޖެހުނީމާ އެދެވެނީ ﷲ އަށް ފުރަގަސް! އެއީ ބިރުހުރި ނުރައްކާތެރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އެކުވެރިންނާ އޮފީސްކުދިން ފުރައްސާރަކުރާތީ ބުރަގާއަޅަން ފަސްޖެހުނީމާ އެދެވެނީ ﷲ އަށް ފުރަގަސް! އެއީ ބިރުހުރި ނުރައްކާތެރި ކަމެއް!

ބައެއް އެކުވެރިންނާއި ތިމާއާއިއެކުގައި މަސައްކަތްކުރާ އޮފީސްކުދިން ފުރައްސާރަކުރާތީ ބުރަގާއަޅަން ފަސްޖެހެންޖެހޭކަމުގެ މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެއެވެ. މިބުނަނީ އެކަމާއި ގުޅިގެން ސުވާލުތައް ކުރާވާހަކައެވެ.

ފުރަތަމަ ވެސް ބުނެލަން ޖެހެނީ ކީރިތި ޤުރްއާނުގައިވާ މިންވަރަށް އަޢުރަ ނިވާކުރަންޖެހޭ ކަމުގެ މައްޗަށް ވަރަށް ގިނަވާހަކަ އަބަދުވެސް ދެއްކެއެވެ. ވީމާ އެކަންބާއްވާފައި މީހުން ފުރައްސާރަކުރާތީ ﷲ ތަޢާލާގެ އެންހެގެވުމެއް ތަންފީޒުކުރަން ފަސްޖެހެމުގެ މައްސަލައަށް ބަލައިލަމާހިނގާށެވެ.

އަހަރެމެންނަށް އެމީހުންނަކީ ވިސްނުންތެރިކަމަށް ބެލެވޭ ބައެއް މީހުން ވެސް މީސްތަކުންގެ ރުހުން ލިބިގަތުމަށްޓަކައި ﷲ ތަޢާލާ އަންގަވާފައިވާ މަގު ދޫކޮށް އެހެން މަގުތައް އެބަ އިޚްތިޔާރު ކުރެއެވެ. މިބުނަނީ ކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން އެހެން ގޮތަށް ކަންތައްކުރާ ވާހަކައެވެ. މިއީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ އަދި އެމީހަކަށް އެންމެ ގެއްލުންހުރި ކަންތަކެވެ. އެހިސާބުން އެމީހާއަކީ ވިސްނުންތެރިއެއް ނޫންކަން އެއޮތީ ސާބިތުވެނިމިފައެވެ.

ވިސްނަން ޖެހޭނެ ކަމަކީ ދުނިޔޭގެ އެންމެންގެ ނުރުހުމަކީވެސް އެއްވެސް މައްސަލައެއް ނޫންކަމެވެ. އެއިގެ ބަދަލުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބުނު ނަމަ އެމީހަކަށް އޮތީ ނަރަކަ ކަމެވެ. އެމީހަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހަކު ކަމެވެ. ނަރަކައިގެ ގަދަފަދަ ޢަޛާބުގައި އޮންނަން ޖެހޭނެ މީހަކު ކަމެވެ.

އިބިލީހަށް ބަލާށެވެ! ދުނިޔޭގެ މިހާރުގެ އާބާދީއަށް ބެލިނަމަވެސް 6 މިލިއަން މީހުންގެ ތެރެއިން އެންމެ ގިނަ މީހުންގެ ލީޑަރަކީ އިބިލީހެވެ. އެ އެންމެންގެ ރުހުން އޮތީ އިބިލީހަށެވެ. އެމީހުން އުޅެނީ އިބިލީސް ބުނާ ގޮތަށެވެ. ކުރަނީ އިބިލީސް ބުނާ ކަންކަމެވެ. ތަޢްރީފްކުރަނީ އިބިލީހުގެ މަގަށެވެ.

ވިސްނައިލަން ޖެހޭނެ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން މެނުވީ އެއްވެސް މީހަކަށް ސުވަރުގެ ނުލިބޭނެ ކަމެވެ. ވީއިރު މީސްތަކުންގެ ރުހުން ހޯދުމުގެ ބޭނުމުގައި އަހަރެމެން ޢަމަލުކުރަން ﷲ ތަޢާލާ ބަޔާންކޮށްދެއްވަވާފައިވާ މަގު ނޫން މަގެއް ނުވަތަ އެހެން ގޮތެއް އިޚްތިޔާރުކުރަން ހެޔޮވެދާނެ ހެއްޔެވެ؟

ﷲ ތަޢާލާ އެންގެވި ގޮތް ނޫން ގޮތެއް އިޚްތިޔާރުކުރުމުން ދުނިޔޭގެ ގިނަ ބައެއްގެ ތާއީދުވެސް ލިބިދާނެއެވެ. ބޮޑެތި މަޤާމްތަކާއި ދަރަޖަ ތައްވެސް ލިބިދާނެއެވެ. ގިނަ އަދަދެއްގެ ފއިސާ ވެސް ލިބިދާނެއެވެ. މިފަދަ ހުރިހާ ކަމެއް ލިބުނު ނަމަވެސް އެއިން ކަމަކުން އެމީހަކަށް އެއްވެސް ފައިދާއެއް ކުރާނީ ދުނިޔޭގައި ހުރެވުނު ދުވަހަކު ނޫން ހެއްޔެވެ؟ މަރުވުމުން ލިބެން އޮތީ ގަދަފަދަ ޢަޛާބު ނޫން ހެއްޔެވެ؟

ވީމާ ކޮންމެ ފަދަ ބާރަކާއި އިޚްތިޔާރެއް ލިބުނުކަމުގައިވީނަމަވެސް ﷲ ތަޢާލާގެ މަގު ދޫނުކުރާށެވެ! ގަދައަށް ހިފަހައްޓާށެވެ! އިސްލާމް ދީނުގެ ޙުކުމްތަކަށް ބޯލަނބައި އަމަލުކުރާށެވެ! އެންމެ ކުޑަމިނުން ތިމާގެ އަމިއްލަ ޒާތީ ކަންކަމުގައިވެސް މެއެވެ.

ޚުލާޞާއަކީ ބަލްންވީ އެހެން މީހުންގެ ރުހުމަކަށް ނޫނެވެ! ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން