މަރުވެ ގޮސްފައިވާ މައިންބަފައިންގެ މައްޗަށް މިފަދައިން ދުޢާކުރުމާއިއެކު ތިމާގެ ފަރާތުން އެމީހުންނަށް އިހްމާލްވެވިފައިވުމުގެ ފާފަ ފުއްސަވައިދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މަރުވެ ގޮސްފައިވާ މައިންބަފައިންގެ މައްޗަށް މިފަދައިން ދުޢާކުރުމާއިއެކު ތިމާގެ ފަރާތުން އެމީހުންނަށް އިހްމާލްވެވިފައިވުމުގެ ފާފަ ފުއްސަވައިދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެ!

މަރުވެ ގޮސްފައިވާ މައިންބަފައިންގެ މައްޗަށް ދުޢާކުރަންވީ:

"ފާފަތައް ފުއްސަވައި ދެއްވެވުމަށާއި ރަޙްމަތް ލެއްވެވުމަށް އެދިއެވެ. އަދި ކައްވަޅު އަލިކޮށްދެއްވެވުމަށާއި (ކައްވަޅު) ތަނަވަސްކޮށްދެއްވެވުމަށެވެ. އެންމެހައި ޢަޛާބުތަކުން މިންޖުކޮށްދެއްވަވައި ސަލާމަތްކޮށްދެއްވެވުން އެދިއެވެ. އަދި ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވައިދެއްވެވުން" އެދޮގެންނެވެ.

ޤުރްއާނާއި ސުންނަތުގައި ބަޔާންވެގެންވާ ދުޢާތައްވެސް ކުރަމުން ގެންދާށެވެ. އަދި މިބަޔާންކުރި ކަންކަން މައިންބަފައިންނަށް ދެއްވެވުން އެދިގެން ދިވެހިބަހުން ދުޢާކުރިނަމަވެސް ޤަބޫލުފުޅުކުރައްވަވާނެއެވެ. އިން ޝާ ﷲ

ހަމައެފަދައިންނާއިމެދު ތިމާއަށް އިހްމާލުވެވިފައިވާ ކަންކަމަށް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. ސަބަބަކީ ކިތަންމެ ރަނގަޅަށް ކަންކަން ކޮށްދޭން މަސައްކަތްކުރިނަމަވެސް އިހްމާލްވެވިފައިވާ ކަންތައްތަކެއްވެސް ހުންނާނެތީއެވެ. އަދި ގިނަ މީހުންނަށް އެމީހުންގެ މައިންބަަފއިންނަށް ޚިދުމަތްކުރުމުގައި ބޮޑެތި އިހްމާލްތައް ވެވޭތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން