ތިންވަނަ ރަކްޢަތަށް ތެދުވިފަހުން ފުރަތަމަ އައްތަޙިއްޔާތަށް ނީނދެވޭކަން ހަނދާންވެއްޖެނަމަ ހަދާނީ ކިހިނެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިންވަނަ ރަކްޢަތަށް ތެދުވިފަހުން ފުރަތަމަ އައްތަޙިއްޔާތަށް ނީނދެވޭކަން ހަނދާންވެއްޖެނަމަ ހަދާނީ ކިހިނެއްތޯ؟

ހަތަރު ރަކްޢަތުގެ ނަމާދެއްގާ ހަނދާންނެތިގެން ފުރަތަމަ އައްތަޙިއްޔާތަށް ނީނދެވޭކަން ހަނދާންވީ ތިންވަނަ ރަކްޢަތަށް ތެދުވިފަހުން. ދެން ކިހިނެއްތޯ ހަދާނީ؟ 

- ތިންވަނަ ރަކްޢަތަށް ތެދުވިފަހުން މެދުއައްތަޙިއްޔާތު ނުކިޔޭކަމަށް ހަނދާންވެއްޖެ ކަމަށް ވަނީނަމަ ދެން އިތުރަށް އިށީންނާކަށް ނުޖެހޭނެ. އޭގެ ބަދަލު ގައި އޭނަ ފަހު އައްތަޙިއްޔާތު ކިޔާފަ ސަލާން ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހާނީ. 

އެހެންނަމަވެސް އޭނައަށް މެދު އައްތަޙިއްޔާތު ނުކިޔާ ތެދުވަނިކޮށް މުޅިން އެއްކޮށް ތެދުވުމުގެ ކުރިން ހަނދާން ވެއްޖެ ކަމަށްވަނީނަމަ އެހަނދާން ވުމާ އެކީގަ އޭނާ އިށީންނާނީ. އިށީނދެފަ  މެދު އައްތަޙިއްޔާތު ކިޔާނީ. އެހެންނަމަވެސް އޭނަ ތެދުވެފަ އޭނަ ކިޔަވަން ފެށުމަށްފަހުގަ ހަނދާން ވެއްޖެކަމުގައި ވަނީނަމަ ދެން އޭނާ އިށީންނާކަށް ނުޖެހޭނެ . 

އޭގެ ބަދަލުގާ އޭނަ ނަމާދު ކުރިޔަށް ގެންދާނީ ގެންގޮއްސަ ސަލާން ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާނީ. ކޮންމެޔަކަސް މެދު އައްތަޙިއްޔާތު ނުކިޔާ ތެދުވަނިކޮށް ހަނދާން ވެގެން  އަނބުރާ އައްތަޙިއްޔާތަށް އިށީންކަމުގާ ވީ ނަމަވެސް ސަލާން ދިނުމުގެ  ކުރިން ކުށުސަޖިދަ ޖެހުން އެއީ ރަގަޅު ގޮތެއް.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން