ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހުގެ ދީލަތިފުޅުކަން-

ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހުގެ ދީލަތިފުޅުކަން-

ޢަލީ އިޙްޞާން ފިރާޤް

 

ދީލަތިފުޅުކަން 

ދީލަތިފުޅުކަމަކީ قتادة بن النعمان رضى اللّـه عنــه ގެ ޠަބީޢީ ސިފަފުޅެކެވެ. އެކަލޭގެފާނުގެ ކަދުރު ބަގީޗާއެއް އޮވެއެވެ. ކަދުރު ބަގީޗާގައި ކަދުރު އަޅާ ދޮންވެފައްކާވުމުން އިތުރު ތަޅުދަނޑިއެއް ހެއްދުމަށްފަހު އެކަލޭގެފާނުގެ އެކުވެރި މުހާޖިރިއްޔަ ޞަޙާބީއަށް އެތަޅުދަނޑި ދެއްވުމަށްފަހު ވިދާޅުވިއެވެ. 

[މިއީ އަޅުގަނޑުގެ ކަދުރު ބަގީޗާގެ ތަޅުދަނޑިއެވެ. މިއީ ކަލޭގެފާނަށްވީ ދަޅުދަނޑިއެވެ.] 

އެއްފަހަރަކު قتادة بن النعمان رضى اللّـه عنــه އެކަލޭގެފާނުގެ ތުއްޕުޅު އަންހެން ބޭފުޅަކާއެކު އެ ބަގީޗާގެ ކައިރިންވަޑައިގެންނެވިއެވެ. އޭރު ބަގީޗާގެ ދޮރުވަނީ ހުޅުވައިފައެވެ. އެ ތުއްޕުޅު ބޭފުޅާ ބަގީޗާއަށް ވެދެ ކަދުރު ހޮވަންފެށިއެވެ. އެތަން ދެކެވަޑައިގެން އެކަލޭގެފާނު އެކަން މަނާކުރެއްވިއެވެ. އެއަށްފަހު މުހާޖިރީ ޞަޙާބީގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.

[އަޅުގަނޑު ކުޑަ އަންހެން ދަރިފުޅު ބައެއް ފަހަރު ބަގީޗާއަށްވެދެ އެބަ ކަދުރު ހޮވައެވެ. އޭނާ އެކަން ކުރުމުގެ ހުއްދަ ދީފާންނަން ތޯއެވެ؟] 

އެ ޞަޙާބީން ފަސްޖެހި ވަޑައިގެންނެވުމެއް ނެތި އެކަމަށް ހުއްދަ ދެއްވިއެވެ.{މުޚްތަޞަރު ތާރީޚު ދިމިޝްޤު، ވޮލިޔުމް 21، ޞަފްޙާ 284}

 

- ޢަލީ އިޙްޞާން ފިޜާޤް

 

މިއަދު އޮންލައިން