ބައިވެރިޔާއާއި ދަރިންކޮޅަށްވުރެވެސް އެންމެ ދެތިން މިނިޓުގެ އުފާކޮޅެއް މުހިންމުވަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ބައިވެރިޔާއާއި ދަރިންކޮޅަށްވުރެވެސް އެންމެ ދެތިން މިނިޓުގެ އުފާކޮޅެއް މުހިންމުވަނީހެއްޔެވެ؟

ފާޙިޝް ޢަމަލުތައް ކުރަން ފެށުމަކީ ދެވިހިފައި އެކަމުން ސަލާމަތްވާން އުނދަގޫކަމެކެވެ. އަދި  ހިތް ނުފުރި އަބަދުކުރަން ބޭނުންވާ ކަމެކެވެ. މިކަންކަން އެންމެ ބޮޑަށް ޔަޤީންކުރެވޭ އެއް ސަބަބަކީ އެކަންކަން ކުރަން ހަދައިގެން މީހާ ބަނގުރޫޓުވެގެންދާއިރުވެސް ކުރެވޭކަމެވެ. މީގެ އިތުރުން ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ޖެހުމުގެ ރިސްކް ނަގައިގެންވެސް ކުރާކަމެވެ. 

ފާހީޝް ޢަމަލުތައް ކުރަން ދެވިހިފުމުން ކުރިމަތިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ބަލި ހިފައިގެން ގެއަށް ގޮސް ގޭގައި އިންނަ ތިމާގެ ބައިވެރިޔާއަށްވެސް ދެވޭކަމެވެ. އޭނާއަށް ދެރަ ގޮތެއް މެދުވެރިވެއްޖެނަމަ ތިމާއަށް ލިބިފައިވާ ލޯބިލޯބި ދަރިންކޮޅަށް ލިބޭނެ ބޮޑު ނިކަމެތިކަމަށްވެސް ބަލައިނުލެވޭކަމެވެ. 

ފާޙިޝް އަމަލުކުރަން ދެވިހިފާފައި ތިބޭ އަންހެނުންވެސް ހަމަ މިފަދައެވެ. ކިރިޔާވެސް ކަންބޮޑުވަނީ ބަލިވެ އިނދެދާނެތީއެވެ. ﷲ ތަޢާލާގެ ޢަޛާބާއި ކޯފާއަކަށް ބިރެއް ނުގަނެއެވެ. ފިރިމީހާއަށާއި ދަރިންކޮޅަށް ލިބިދާނެ ދެރައަކަށް ނުބަލައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހޭލުންތެރިވާށެވެ! ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދިގެން މަސައްކަތްކުރާށެވެ! އެކަން ޙާޞިލްކުރެވޭނީ ޝައިޠޯނާއަށް ނޫނެކެވެ. ބުނެވިގެންނެވެ.

- އިސްލާލީ ތިލަފަތުގެ ދަރުސަކުން 

ޝައިޚް ޝަފީޢު ޢަބްދުﷲގެ މިބްސްފުޅަށްވެސް ވިސްނައިލާށެވެ!   

ޙަރާމް ގޮތުގައި ލައްޒަތާއި އުފާ ޙާސިލުކުރާ މީހުންނަށް އެ އުފަލާއި ލައްޒަތަކީ ވަގުތީ އެއްޗެކެވެ. އެއީ އެ ވަގުތުކޮޅު ނިމުމުން އޭގެ ތާސީރު ނިމި ހިނގައިދާ ކަމެކެވެ. ދެން އަނެއްކާ ވެސް އޭނާ ދިމާކުރާނީ އެއަށް ވުރެ ބޮޑަށް އެ ކަމެއް ކުރުމަށެވެ. ކުރީން އޭނާ ކުރި ވަރަށް ވުރެ އިތުރަށް، އަދި އެއަށް ވުރެ ވެސް އެތައް ގިޔަރެއް މަތިން އެ ކަން ކުރުމަށެވެ. އެކަމުގައި އެއްވެސް ހައްދެއް ނުވެއެވެ. ހިތްހަމަޖެހޭނޭ ހިސާބެއް، އަދި މިންވަރެއް ނެތެވެ. އޭނާއަކީ ވަލުޖަނަވާރެއް ފަދަ މީހެކެވެ. 

އެހެނީ، އިންސާނާއަށް ވަނީ މާތް ﷲ ޙަލާލުކުރެއްވި މަގަމަގުން އޭނާގެ ޖިންސީ ޣަރީޒާ ފުއްދުމެވެ. ކައިވެނީގެ ޠާހިރު ގުޅުމުން އެ ކަން ކުރިޔަށް ގެންދިޔުމެވެ. އެފަދައިން މާތް ﷲ އަންގަވައިފައިވާ އިމުގެ ތެރޭގައި ހުންނަ މީހަކު ހުންނާނީ އުފަލުގައެވެ. ހިތްހަމަޖެހުމުގައެވެ. އިންސާނުންނާ ޖަނަވާރުން ވަކިވާ އެއް ހިސާބަކީ ވެސް މިއީއެވެ. 

މާތް ﷲގެ ދީނުގެ ތަޢުލީމާތު ދޫކޮށް ބޭނުންހާ ގޮތަކަށް އުޅެގަތުމުން އިންސާނާއަށް އޮތީ ދުނިޔެއާއި އާޚިރަތުގައި ވެސް ގެއްލުމެވެ. ހިތްދަތިކަމެވެ.

މިއަދު އޮންލައިން