ކައިވެނިކުރުމަކީ އެމީހަކު ބޭނުންވާއިރަށް ކުރެވޭ ކަމެއް ނޫނެވެ. އަހުރެމެންނަށް ކުރެވޭނީ މަސައްކަތެވެ. ހިންމަވައި ދެއްވަވާނީ ﷲ ތަޢާލާއެވެ.
ބުނަން ހެއްޔެވެ؟ އަހުރެންގެ އެންމެ ފިރިހެން ދަރިއަކުވެސް ނެތެވެ. ތިނީ 13 އަންހެންދަރިންނެވެ. ބައެއް ކުދިން ޢުމުރުން 17 އަހަރުގައިވެސް ކައިވެނިކުރިއެވެ. އަނެއްބައި ކުދިން 30 އިން މައްޗަށް ދިއުމުންވެސް ކައިވެނިކުރިއެވެ.
އެކަމާއިކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެކުދިން ތިބީ ކައިވެންޏަށް އެދިގެންނެވެ. އެކުދިންގެ ކައިވެންޏަށް އެދިގެން މީހަކު ނައިސް ލަސްވީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ދޮށީ ޢުމުރުގައިވެސް ކައިވެނިކުރެވުމުން އެކުދިން ތިބީ އުފަލުންނެވެ. ރަނގަޅު ބައިވެރިއަކު ލިބުނީތީއެވެ. އެހެންވެ އެކުދިން ކައިވެންޏަށް ކުރި ދިގު އިންތިޒާރުގެމަތިން މިހާރުވަނީ ހަނދާން ނެތިފައެވެ. އެކުދިން ތިބީ އުފަލުގައެވެ!
ކައިވެނިކުރެވުމަކީ މިފަދަ ގޮތަކަށް ހިނގާކަމެކެވެ. އެއީ އަހުރެމެންގެ ބާރު ހިނގާ ކަމެއް ނޫނެވެ. ބައެއް އަންހެނުންނަށް އަވަހަށް ކައިވެނިކުރެވޭނެއެވެ. އަނެއްބައި އަންހެނުންނަށް ކައިވެނިކުރެވޭނީ ލަހުންނެވެ. އެކަމަށް ކަންބޮޑުވެ އެއީ މައްސަލައަކަށް ނުހަދާށެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމް ގެ ޖަވާބަކުން