މިފާހަގަކުރާ 6 ވައްތަރުގެ މީހުންނާއި ދުރުވުމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް! އެންމެ ފަހުން އެއީ އެންމެ ނުރައްކަތެރިވައްތަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މިފާހަގަކުރާ 6 ވައްތަރުގެ މީހުންނާއި ދުރުވުމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް! އެންމެ ފަހުން އެއީ އެންމެ ނުރައްކަތެރިވައްތަރު!

މިފާހަގަކުރާ 6 ވައްތަރުގެ މީހުންނާއި އެކުގައި އުޅެގެން ލިބޭނެ ކުރިއެރުމެއް އަދި ލިބޭނެ ފައިދާއެއްވެސް ނެތެވެ. ވީމާ މީހުންނާއި ދުރުވާންޖެހޭނެއެވެ. ސަމާލުކަންދޭށެވެ! އެންމެ ފަހުން އެއީ އެންމެ ނުރައްކަތެރިވައްތަރެވެ!  

1* ފުރަތަމަ ބަޔަކީ؛ އެމީހުންގެ ދިރިއުޅުމުގައި އެމީހުންގެ އަމިއްލަ ނަފްސަށް އެއްވެސް ކަމެއް ހާސިލްވެފައި ނުވާއިރުވެސް، އެމީހުންގެ މައްސަލަތަކުގައި އެހެން މީހުން ކުއްވެރިކުރާ މީހުންނާއި ދުރުވާށެވެ. 

2* ދެވަނަ ވައްތަރަކީ؛ ގަމާރު މީހުންނާއި ކަންކަމުގައި ދެވިހިފާފައިތިބޭ މީހުން އަދި އަބަދުވެސް މަސްތުގެ ހާލަތުގައި ތިބޭ މީހުންނާއި ދުރުވާށެވެ. 

3* ނުތަނަވަސްވެ އަބަދުވެސް މައްސަލަތަކެއްގައި އުޅޭ މީހުންނައި ދުރުވާށެވެ. ސަބަބަކީ، އެމީހުންނަށް އެމީހުންގެ އަމިއްލަ ނަފްސަށްވެސް އަމާންކަން ހޯދާ ނުދެވޭކަމެވެ. އެހެންކަމުން ތިބާއަށްވެސް ހަމަޖެހިލައިގެން ސިކުނޑިއަށް ލުއިކަންމަތީގަ އުޅުމުގެ ފުރުސަތެއް ނުލިބޭނެތީއެވެ.

4* ތިބާގެ ދުޝްމަނުންނާއި ދުރުވާށެވެ. ސަބަބަކީ ތިބާގެ މަގު އޮޅުވާލުމަށް އެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތީއެވފެ. 

5* ތިބާ ފަސްދިނުމުން ތިބާގެ ވާހަކަ ދައްކާ މީހުންނާއި ދުރުވާށެވެ. 

6* ތިމާއަށް ތިމާ ފެނިފައިތިބޭމީހުން!: މި މީހުން އަބަދުވެސް ބޭނުންވާނީ މީހުންގެ ސަމާލުކަން ހޯދާށެވެ! އެމީހުން ޤަބޫލުކުރާނީ އެމީހުންނަށް ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް އިނގޭކަމަށެވެ.  އަދި އޭނާއަކީ ކޮންމެ ކަމެއްގައިވެސް އެންމެ މޮޅުމީހާކަމަށެވެ. އަދި ކޮންމެ މިނެޓަކުން (އަވަސްއަވަހަށް) އެކަން ތިބާއަށް ހަނދާކޮށްދޭނެއެވެ. ޚުދު ތިބާއަކީ ވިސްނުންތޫނު ކާމިޔާބު މީހެއް ނަމަވެސް، އެފަދަ މީހުންނާއިއެކު އުޅޭނަމަ އަބަދުވެސް ހުންނާނީ ތިބާ އޭނާގެ ދަށުކޮށްލައިފައެވެ. ތިބާގެ އަގު ވަޒަންކުރުމުގެ ބަދަލުގައި މަސައްކަތްކުރާނީ ތިބާގެ ނިކަމެތިކަން ހާމަކުރުމަށެވެ.  

މިއަދު އޮންލައިން