ޙައްޤަށް ޢަމަލުކުރަންޖެހޭ ކަންކަމުގައި ނުވަތަ ޙަޤު ބަސް ބުނަން ޖެހޭ ޙާލަތުގައި އެއްވެސް ނުފޫޒަކަށް ބިރުން އެކަންކަން ކުރަން ފަސްޖެހޭނަމަ އެމީހަކު ވާނީ ﷲ ތަޢާލާގެ ޙަޟްރަތަށްވުރެ ބޮޑަށް އެނުފޫޒަށް ބިރުވެތިވެ އަޅުވެތިވެގެންހުރި މީހަކަށެވެ. އެފަދަ މީހުންގެ އީމާންކަން ކޮބައި ހެއްޔެވެ؟
އަހަރެމެންގެ ތެރެއިން ގިނަބައަކަށް ބިރުގަނެވެނީ ވަޒީފާ ގެއްލިދާނެތީއެވެ. މަޤާމްގެއްލިދާނެތީއެވެ. ލިބިފައިވާ ތަނަވަސްކަން ގެއްލިދާނެތީއެވެ. މީސްތަކުން ބުނެފާނެ ބަހަކަށެވެ. އެހެންކަމުން ކުރިއަށް މިދެވޭ މަގާއިމެދު ވިސްނާލަމާހެއްޔެވެ؟
އެއްވެސް މީހަކީ ތިމާއަކީ އެންމެ ބަލިކަށި އަދި އެންމެ ނިކަމެތި މީހާކަމުގައި ވުމަށް އެދޭނެ މީހެއް ނޫނެވެ. ޚާއްޞަކޮށް ކޮންމެ މީހަކު ވެސް ޤިޔާމަތް ދުވަސް އެދޭނެއެވެ. މުސްލިމުންގެ އިތުރުން ކާފިރުންވެސް އެންމެ ބޮޑަށް އެދޭނީ އެކަމަށެވެ. އެ ފުރުޞަތަކަށެވެ.
އެންމެ ބަލިކަށި މީހާގެ ގޮތުގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބައެއް މީހުން ސިފަފަކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެކަކީ ﷲ ތައާލާގެ މަގުގައި ދައްކަން ޖެހޭ ވާހަކައެއް، ބުނަން ޖެހޭ ބަހެއް، މީސްތަކުންނަށް ބިރުން ނުބުނެ ހަނުހުންނަ މީހާއެވެ.
Nabi ﷺ: None of u should belittle himself
People: how?
Nabi ﷺ:If he sees something which he should speak out for the sake of Allah but he doesn't Allah will say to him:
What prevented u?
He will say: Fear of the people
Allah will say: Rather u should have feared Me
Ibn Majah 4008
މިޙަފދީޘްފުޅުން އެނގިގެންދަނީ އެންމެ ބަލިކަށި މީހަކީ ޞިއްޙީ ގޮތުން ގައިގެ ބާރު ދެރަވެގެން ބަލިކަށިވާ މީހާ ނޫންކަމެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ބަލިކަށި މީހަކީ މީހަކު ނުވަތަ މީސްތަކުން ދެކެ ބިރުން ޙައްޤު ބަސް ބުނަން ފަސްޖެހޭ މީހާ ކަމެވެ! އެފަދަ މީހުންނަށް ﷲ ތައާލާ މިމޭރުމުން ވަހީކުރައްވަވާނެތެވެ! "ތިމަން ﷲ އަށް ބިރުވެތިވީނަމައެވެ! ނުވަތަ ތިބާ ތިމަން ﷲ ﷲ އަށް ބިރުވުމުގެ ޙައްޤުކަން މާބޮޑެވެ!"
ހަމަ އެއާއިއެކު ﷲ ތަޢާލާގެ މަގުގައި ބުނަން ޖެހޭ ޙައްޤއު ބަސް ނުބުނެ ހުރުމަކީ ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމެއްކަންވެސް މި ޙަދިޘް ބަސްފުޅުން އެނގިގެންދެއެވެ.
ވީމާ ދުނިޔަވީ އެއްވެސް ސަބަކަށް ބިރުން ފަސްޖެހި ﷲ ތަޢާލާގެ މަގުގައި ބުނަން ޖެހޭ ޙައްޤު ބަސް ނުބުނެ ފަސް ނުޖެހޭށެވެ! ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! މުސްލިމުން އެއްވެސް ކަމެއްގައި ބިރުވެތިވާން ޖެހޭ ދެވަނަ އެއްވެސް ފަރާތެއް ނުވެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން