އެނގެންޖެހޭ ކަމެއް!: ނިދާ ހޭލިއިރު އޭނާގެ ހެދުމުގައި ތެތްކަމެއް ހުއްޓާ ފެނުމުން ހިނައިގަތުމުގަ ޢަމަލުކުރަންޖެހޭ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އެނގެންޖެހޭ ކަމެއް!: ނިދާ ހޭލިއިރު އޭނާގެ ހެދުމުގައި ތެތްކަމެއް ހުއްޓާ ފެނުމުން ހިނައިގަތުމުގަ ޢަމަލުކުރަންޖެހޭ ގޮތް-

ނިދާ ހޭލިއިރު ތެތްކަމެއް ފެންނަ މީހުން ވާހުށީ ތިން ޙާލަތެއްގެއެވެ. 

ފުރަތަމަ ޙާލަތަކީ: އޭނާއަށް އެފެނުނު ތެތްކަމަކީ މަނިކަމަށް ޔަޤީންވުމެވެ. އެހެންވެއްޖެނަމަ ހިނައިގަތުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. އެއީ އިޙްތިލާމުވިކަން (އިޙްތިލާމުވުމަކީ: ނިދީގައި ކުރިމަތިފަރާތުން މަނިބޭރުވުމެވެ.) ހަނދާން ނުވިޔަސްމެއެވެ. 

ދެވަނަ ޙާލަތަކީ: އޭނާއަށް އެފެނުން ތެތްކަމަކީ މަނި ނޫންކަމަށް ޔަޤީންވުމެވެ. އެޙާލަތުގައި ހިނައިގަތުން ވާޖިބެއް ނުވާނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ވާޖިބުވަނީ އެޖެހިފައިވާ ތަނެއް ދޮވުމެވެ. 

ތިންވަނަ ޙާލަތަކީ: އެފެނަކީ މަނި ތޯ ނުވަތަ ނޫންތޯ ޔަޤީން ނުވުމެވެ. ފަހެ މިޙާލަތުގައި ތަފްޞީލުވެއެވެ. 

އެއީ:

- ފުރަތަމައީ: އޭނާއަށް ހުވަފެނެއްފެނި އިޙްތިލާމުވިކަން ހަނދާންވެއްޖެނަމަ އެ ފެނުނު ފެނަކީ މަނިކަމަށް ދެކި ފެންވެރުމެވެ. 

އެހެނީ އުންމު ސަލަމާ رضي الله عنها ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެކަމަނާ ސުވާލުދެންނެވިއެވެ. ފިރިހެނުންނަށްވެސް ހުވަފެނުގައި އެފެންނަފަދަ ކަމެއް އަންހެނަކަށް ހުވަފެނުން ފެނިއްޖެނަމަ (އެބަހީ: އިޙްތިލާމުވެއްޖެނަމަ) ހިނައިގަންނަން ޖެހޭނެ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "އާދޭހެވެ. އެކަނބަލަކަށް ތެތްކަމެއް ފެނިއްޖެނަމައެވެ." [رواه مسلم] 

މިޙަދީޘުން ދަލީލުކޮށްދެނީ އިޙްތިލާމުވެ ތެތްކަމެއް ފެނިއްޖެ މީހަކު ފެން ވެރުން ވާޖިބުވާނެކަމެވެ.  

ދެވަނައީ: ހުވަފެނުގައި އެފަދަ ކަމެއް ފެނިފައި ނުވާނަމަ ނަމަވެސް ނިދުމުގެ ކުރިން އެފަދަ ކަމަކާމެދު ފިކުރުކޮށްފައިވާނަމަ ބަލާނީ އެއީ މަޛިއްޔުކަމުގައެވެ.

ނަމަވެސް ނިދުމުގެ ކުރިން އެފަދަ ކަމަކާމެދު ވިސްނާފައިނުވާނަމަ، މިކަމުގައި ޚިލާފެއްވެއެވެ. 

އެއްގޮތަކީ ރައްކާތެރިކަމުގެ ގޮތުން ފެންވެރުމެވެ.

ދެވަނަ ގޮތަކީ ފެންވެރުން ވާޖިބުވެގެން ނުވުމެވެ. – ރަނގަޅު ގޮތަކީ މިއީއެވެ. – އެހެނީ އަޞްލަކީ އޭނާ ޛިންމާއިން ބަރީއަވެގެންވުމެވެ. 

فضيلة الشيخ محمد بن صالح العثيمينرحمه الله

فتاوى أركان الإسلام / س: 159

­­­­­­­­­­­­­­­­­­

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން