ކަންކަން އެންމެ ބޮޑަށް އެނގެނީ ތިމާއަށް ކަމަށް ޤަބޫލުކުރެވުމާ ތިމާއަށް އަޅުކަން ކުރެވެނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރެވުމަކީ ކުރެވޭ ބޮޑު ފާފައެއް!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކަންކަން އެންމެ ބޮޑަށް އެނގެނީ ތިމާއަށް ކަމަށް ޤަބޫލުކުރެވުމާ ތިމާއަށް އަޅުކަން ކުރެވެނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރެވުމަކީ ކުރެވޭ ބޮޑު ފާފައެއް!: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ބައެއް މީހުންނަށް ވިސްނެނެނީ އެމީހުންނަށް ވަރަށް ގިނަ ކަންކަން އެނގޭކަމަށެވެ. އަދި ކަންކަން އެންމެ ރަނގަޅަށް އެނގެނީވެސް އެމީހުންނަށް ކަމަށެވެ. އަޅުކަންވެސް އެންމެ ރަނގަޅަށް ކުރަން އެނގެނީ އެމީހުންނަށް ކަމަށެވެ.

މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެއިރުން އެވާގޮތަކީ ނުސީދާ ގޮތެއްގައި ތިމާއަށް އަމިއްލައަށް ތިމާއަށް ޘަނާ ކިޔެނީއެވެ. އެމީހަކަށް އެވެވެނީ ކިބުރުވެރި ބޮޑާ މީހުންގެ ތެރެއިންނެވެ. މިއީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ސިފައެވެ. އެފަދަ މީހުން ސުވަރުގެ ނުވައްދަވާނެ ކަމަށްވެސް އޮވެއެވެ.  

އަހުރެމެންނަށް ކަންކަން ކުރެވޭ ގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ރަނގަޅަށް ކަންކަން ކުރެވޭނަމަ އެމީހަކަށް ޙައްޤު ޖަޒާ ދެއްވަވައެވެ. ވީމާ ކޮންމެ މީހަކުވެސް ޤަބޫލުކުރަންވާނީ ތިމާއާއިމެދު ގޮތް ނިންމެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާށއަށް ކަމަށެވެ.  

މީސްތަކުންގެ ތައްރީފާއި ޘަނާއަށް އެދެވޭނަމަ އެމީހާގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. އަހުރެމެން މަސައްކަތްކުރަންވީ އަހުރެމެންގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާތޯއެވެ. ﷲ ތަޢަލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށް ވެވޭތޯއެވެ. ކޮންމެ އަޅުކަމެއް ކުރުމަށްފަހު އަސްތަޣްފިރުﷲ 3 ފަހަރު ކިޔައި އަދި އަޅުކަންކުރަން ހިތްވަރު ދެއްވެވުން އެދިގެންނާއި ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވާ އަޅުންގެ ތެރެއިން ލައްވަވައި ދެއްވެވުން އެދިގެން ދުޢާކުރަން އޮންނަނީ މި ސަބަބަށްޓަކައެވެ.

 

- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން