ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ އަހަރެމެން ޙާޞިލުކުރާ ނަތީޖާއަކަށް ނޫނެވެ. ނަތީޖާ ޙާޞިލުކުރަން ކުރި މަސައްކަތަށެވެ. އެ މަސައްކަތް ކުރުމުގައި ﷲ ތަޢާލާއަށް ތެދުވެރިވެ އިޚްލާޞްތެރިވީ މިންވަރަކަށެވެ.
ވީމާ އަހަރެމެން ކުރާ މަސައްކަތުން ކިތަންމެ ބޮޑު ކާމިޔާބީއެއް ޙާޞިލުކުރެވުނު ނަމަވެސް އަހަރެމެންގެ ނިޔަތް ރަނގަޅު ނޫންނަމަ، އިޚްލާޞްތެރިކަމާއި ތެދުވެރިކަން ނެތް ނަމަ އެކަމަކުން ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ އެއްވެސް ދަރުމައެއް ނެތެވެ!
ޙާޞިލުކުރަން ބޭނުންވި ނަތީޖާ ޙާޞިލު ނުކުރެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަށް ކުރި މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން އޮތްނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ!
ޙާޞިލުކުރެވޭ ނަތީޖާއަށް މާކްސް ނުލިބެނީ ނަޞްރާއި ކާމިޔާބަކީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމަކަށްވާތީއެވެ. ކުރާ މަސައްކަތުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމަށް މާކްސް ލިބެނީ އެއީ އިންސާނާއަށް ދެއްވަވާފައިވާ އިޚްތިޔާރުގެދަށުން އެމީހާ ކުރާ އަމަލަކަށްވާތީއެވެ.
--މުފްތީ މެންކްގެ ދަރުސަކުން