ދައްޖާލުގެ ޒަމާން މިހާރުވެސް މިވަނީ ފެށިފަ! ހެކިތައް ފެންނަން ނެތް މުޖުތަމަޢުއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދައްޖާލުގެ ޒަމާން މިހާރުވެސް މިވަނީ ފެށިފަ! ހެކިތައް ފެންނަން ނެތް މުޖުތަމަޢުއެއް ނެތް!

ދައްޖާލު ފައުޅުވުމާއިބެހޭ ގޮތުން ގިނަ ބައަކު މިހާރުވެސް ސުވާލުތައް ކުރެއެވެ. އެހެންވެ ބުނަމެވެ. މި ބަޔާންކުރާ ޙަދީޘްފުޅުން އެންގެން މިއޮތް ދައްޖާލުގެ ޒަމާން މިހާރުވެސް މިވަނީ ފެށިފައެވެ. ވީމާ ޤިޔާމަތްވުން ކައިރުވުމުން ފައުޅުވާނެ ބޮޑު ދައްޖާލު ލޮލަށް ނުފެނުނަސް ދައްޖާލުގެ ޒަމާން މިވަނީ ފައުޅުވެފައެވެ.

Prophet Muhammad ﷺ said ‘Time of Dajal will be years of confusion. People will believe a liar, disbelieve one who tells the truth and distrust one who is trustworthy, trust one who is treacherous; Ruwaybidah (Rebels against Allah) will have a say in general affairs Musnd Ahma

މިހާރުވެސް ތެދުވެރިން ކަމުގައި ބަލަނީ ދޮގުހަދާ މީހުންނެވެ. ތެދު ބުނާ މީހުންގެ ބަސް މީސްތަކުން ޤަބޫލެއް ނުކުރެއެވެ. ތެދުވެރިންނަށް އިތުބާރެއް ނުކުރެއެވެ. އިތުބާރުކުރަނީ ޚިޔާނާތްތެރިންނަށެވެ. ﷲ ތައާލާ އާއި ދެކޮޅަށް ނުކުމެ ބަސް ބުނެ ކަންކަން ކުރާ މީހުންގެ ބަސް މުޖުތަމައުތަކުގައި އެދަނީ ވިކެމުންނެވެ! އެމީހުން މިވަނީ މުޖުތަމަޢުތަކުގައި ބަސްބުނާ މީހުންނަށް ވެފައެވެ.

ބަޔާން މިކުރި ޙަދީޘްފުޅުން އެނގިގެން މިދަނީ މި ބަޔާންކުރި ކަންކަން (ޙަދީޘްފުޅުގައިވާ ކަންކަން( ފައުޅުވުމުން އެއޮތީ ދައްޖާލުގެ ޒަމާން ފެށިފައި ކަމެވެ! ވީމާ ބިރުވެތިވެ ހޭލުންތެރިވާން ބޭނުންވާ މީހުން މިހާރުވެސް ތިބެންވީ ހޭލުންތެރިވެގެންނެވެ!

މީސްތަކުންނޭވެ! މި ބަޔާންކުރި ޙާލަތަށް ތާއީދުކޮށް އެއްބާރުލުން ދޭ މީހުން މިހާރުވެސް އެތިބީ ދައްޖާލަށް ކުރާ ކައްކައިދޭ މީހުންގެ ގޮތުގައެވެ. ސަލާމަތްކަން ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

(މި ޙަދީޘްފުޅުގައިވާ ޙާލަތު ރާއްޖޭގެ މިއަދުގެ ޙާލަތަށް ވަރަށް ބޮޑަށް ފެތޭކަން ފާހަގަ ކުރެވެއެވެ. "ﷲ ތައާލާ އާއި ދެކޮޅަށް ނުކުމެ ބަސް ބުނެ ކަންކަން ކުރާ މީހުންގެ ބަސް މުޖުތަމައުތަކުގައި އެދަނީ ވިކެމުންނެވެ!

ޤައުމުގެ އެންމެ ޢިއްޒަތްތެރި އެއް މަޤާމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމެވެ. އެންމެ ޢިއްޒަތްތެރި އެއްތަނަކީ މަޖިލީހެވެ. އެމަޖިލީހުގެ ޤަވާއިދުގައި ބުނާ ގޮތުން މެންބަރުން މަޖިލީހުގައި ދައްކާ ވާހަކައަކީ ތެދުކަމަށް ވާންނުޖެހޭކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިޢުލާނުކޮށްފައެވެ. މަޖިލީހުގެ ބައެއް މެންބަރުންނަކީ ކަނޑައެޅިގެން ދޮގުހަދާ ބައެއްކަން ރައްޔިތުންނަށް އެނގޭއިރުވެސް އެމީހުންގެ ފަހަތުގައިވެސް ގިނަބައަކު ތިބެއެވެ.

ވީމާ ދޮގުހަދާ މީހުން މިވަނީ މުޖުތަމަޢުތަކުގައި ބަސްބުނާ މީހުންނަށް ވެފައެވެ." މިއީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ބިރުކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. މަޖިލީހުގެ ނިމިގެންދިއަ ދައުރުތަކުގެ ޖަލްސާތަކަށް ބެލުމުން މިއީ މިކަން އޮތްގޮތްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ދުޢާއަކީ މިދައުރުގައި މިކަންކަމަށް ހެޔޮ ބަދަލެއް އައުމެވެ.

ހަމައެއާއިއެކު ވައްކަންކުރާ މީހުންނާއި ދޮގުހަދާ މީހުންނާއި އިސްލާމް ދީނުގެ ޙުކުމްތަކަށް އިންކާރުކުރާ މީހުންގެ ފަހަތުގައި އެއީ ލީޑަރުން ކަމަށް ބަލައިގެން ތިބި މީހުން ބައިވަރެވެ. މިހުރިހާ ކަންކަމަކީވެސް އިސްވެ ބަޔާންކުރި ލިޔުމުގައިވާ ޙަދީޘްފުޅުގައި ބަޔާންވެގެންވާ ކަންކަމެވެ.)

މިއަދު އޮންލައިން