މީސްތަކުންނޭވެ! ހިތް ކިތަންމެ ބާރަށްވެސް ކުރިއަށް ގެންދެވިދާނެއެވެ. އަޑަށްވުރެ ބާރަށް އުދުހެވޭނެ ފްލައިޓްތަކަށް މިހާރު މިވަނީ ބޭނުން ބޮޑުވެފައެވެ! ހިތަށް އަރާއިރަށް ހުރިހާ ކަންކަން ޙާޞިލުވާން މިއަދު އެބަ ބޭނުންވެފައެވެ.
ޒަމާން ފަސްވެ މީހުންގެ ބޭނުންތައް ފުދެން މިހާރު ބޭނުންވަނީ އިންޓަރނެޓް ސޕީޑްގައެވެ. އެންމެ ބާރު ސްޕީޑްގައެވެ. އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެކެވެ. އެއިގެ ތެރޭގައި ﷲ ތަޢާލާއަށް ކުރާ ދުޢާ އިޖާބަކޮށްދެއްވެވުން ވެސް އެބަ ހިމަނައެވެ.
އަބަދުވެސް ބުނާ ފަދައިން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެއީ މިދުނިޔެއިން ޙާޞިލުކުރެވެން އޮތް ނިޢްމަތެއް ނޫނެވެ! އެކަން ޙާޞިލުވާނީ ހަމައެކަނި އެކަނި ސުވަރުގޭގައެވެ. ސުވަރުގޭގެ އަހުލުވެރިއަކު ކަމަކަށް ބޭނުންވެގެން ހިތަށް އަރުވައިލާއިރަށް އެކަމެއް އޮންނާނީ ފުދިފައެވެ. އެއްވެސް އިންތިޒާރެއް ކުރާކަށް ނުޖެހޭނެއެވެ. ވީމާ އެނިޢްމަތް ބޭނުން ނަމަ ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަކުރާށެވެ!
ތިމާ އެދޭ ކަންކަން ޙާޞިލުކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! ގިނަގިނައިން ދުޢާކުރާށެވެ! އެކަމަށް ކެތްތެރިވުމާއި އިންތިޒާރުކުރުމަކީ އުފަލެއް ކަމުގައި ދެކޭށެވެ! މުސްލިމުންގެ ގޮތަކީ އެއީއެވެ! ކެތްތެރިކަން އިސްކުރާށެވެ! ކެތްތެރިކަން އިސްކުރާމީހުންގެ ދުޢާ އިޖާބަ ކުރެއްވެވުން އަވަސްވާނެތެވެ! އިން ޝާ ﷲ.
ދެން ވިސްނާލަން ޖެހޭނެ ކަމަކީ ކެތްތެރިވެގެންހުންނައިރު ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން