ނަރަކައިގެ ވާހަކަދެއްކުމުން ބައެއް މީހުންނަށް ސިފަކުރެވެނީ އެއީ ޖަލަށް ވަދެލާފައި ނުކުތުން ފަދަ ކަމެއްގެ ގޮތުގައެވެ. ނަރަކައަށް ވަންނަން ޖެހިދާނެތީ ބިރުވެތިނުވެވެވެނީ އެހެންވެގެންނެވެ.
ނަކައިގައި އެންމެ ކުޑަ ޢަޛާބު ލިބިވަޑައިގަންނަވާނީ އަބޫޠާލިބްގެފާނަށެވެ. އެކަލޭގެފާނުގެ ފައިންޕުޅުދަށުގައި އަނދާ އަނގުރު އަލިފާންކޮޅުގެ ސަބަބުން ސިކުނޑިފުޅު ދާނީ ވިރިކެކެމުންނެވެ. އެކަލޭގެފާނަށް ޤަބޫލުފުޅު ކުރެއްވެވޭނީ އެކަލޭގެފާނަށްވުރެ ބޮޑު ޢަޛާބެއް އެހެން އެއްވެސް މީހަކަށް ނުލިބޭ ކަމަށެވެ.
މިޢަޛާބަކީ އަބޫޠާލިބްގެފާނު ނޫން އެހެން އެއްވެސް މީހަކަށް ދެއްވަވާނެ ޢަޛާބެއް ނޫނެވެ. ހަމައެކަނި އަބޫޠާލިބްގެފާނަށް ޚާއްޞަވެގެންވާ ޢަޛާބެކެވެ. އަބޫ ޠާލިބްގެފާނަށް މިފަދަ ބޮޑު ލުއިކަމެއް ލިބިވަޑައިގަތީ ރަސޫލް (ﷺ) އަށް ބެހެއްޓެވި އޯގާތެރިކަމުގެ ބޮޑުކަމުންނެވެ. މުޝްރިކެއްގެ ގޮތުގައި އަވަހާރަވީތީ ސުވަރުގެ ލިބިވަޑައި ނުގަތީއެވެ.
An-Nu`man ibn Bashir, radhiallahu `anhu, narrated that he heard the Prophet, sallallahu `alaihi wa sallam say:
“The least torture in the Hell on the Day of Judgment is that of a man whose foot sole is laid on a live coal which causes his brain to boil just like a boiler.” [Bukhari and Muslim]
Muslim narrated in his Sahih:
“He does not think that any other person is tortured more severely than him although he is in the least torture.” [Muslim]
ވީއިރު މުޅިގައިގައި އަލިފާން ހިފައި އަނދަމުންދާ މީހުންގެ ޙާލަތާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ. ޗޭނުޖެހި އެލުވިގެން ތިބެ އަނދަމުންދާ މީހުންގެ ޙާލާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ބިޔަހަރުފަތަކާއި ނިގުލަންދާށިތަކާއި ވިހަގަދަ ސޫފިތައް އައިސް ހަފަމުންދާއިރު އެމީހަކަށް ލިބެމުންދާނެ ވޭނާއިމެދު ނިކަން ވިސްނުން ހިންގައިލަބަލާށެވެ!
ނަރަކައިގެ އަލިފާނުގެ ހޫނުމިނަށް އެކަނި ވިސްނައިލި ނަމަވެސް ބިރުން ފިތްކެނޑޭނެއެވެ. މިދުނިޔޭގައި މިގެންގުޅޭ އަލިފާނުގެ ކަންޏެއް ޖެހުނު ނަމަވެސް ވާވަރު އެބަ އިޙްޞާޞް ކުރެއެވެ. ނަރަކައިގެ އަލިފާނުގެ ހޫނުމިން އެއަށްވުރެ 69 ގުނަ އިތުރެވެ.
Abu Huraira, radhiallahu `anhu, narrated:
This fire of yours which burns the son of Adam (in this world) is the seventieth part of the heat of the Hell. They say: ‘We swear by Allah, our fire is quite enough.’ The Prophet said: ‘It is sixty nine times more and each part of it is like the heat of your fire.’” [Muslim]
މީސްތަކުންނޭވެ! އަވަހަށް އީމާންވެ ތައުބާވާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާ މީހަކަށްވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން