ދަތުރުތައް ކުރަން ފަސޭހަވުމުން ހަފްތާ ބަންދުގަވެސް ރަށްތަކަށް ކުރާ ދަތުރުތައް ގިނަވެއްޖެ! އެންމެ މުހިންމު ކަންތަކަށް އެބަ ސަމާލުކަން ދެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދަތުރުތައް ކުރަން ފަސޭހަވުމުން ހަފްތާ ބަންދުގަވެސް ރަށްތަކަށް ކުރާ ދަތުރުތައް ގިނަވެއްޖެ! އެންމެ މުހިންމު ކަންތަކަށް އެބަ ސަމާލުކަން ދެންތަ؟

ގިނަ ރަށްތަކެއްގައި އެއާޕޯޓްތައް ހުޅުވުމާއި ސްޕީޑް ލޯންޗްތަކުގައި ފަސޭހައިން ދަތުރުކުރެވޭތީ ދަތުރުތައް ކުރުން މިވަނީ ވަރަށް ފަސޭހަ ކަމަކަށްވެފައެވެ. ކޮންމެ ޗުއްޓީއެއް ފެށުމާއިއެކު ނުވަތަ މިހާރަކަށް އައިސް ހަފްތާ ބަންދުގައިވެސް ކިރިޔާވެސް ތަނަވަސްކަންހުރިނަމަ ރާއްޖެއިން ބޭރަށް ނުވަތަ ރަށްރަށަށް ޢާއިލާތައް އެކުގައިވެސް ދަތުރުކުރެއެވެ. 

ރަށްރަށަށް ދަތުރުގޮސްއުޅޭއިރުވެސް ގިނަބއަކަށް މިސްކިތް ނުވެސް ފެންނަކަން އެއީ ވަރަށް ދެރަ ކަމެކެވެ. ދަތުރުގެ އެންމެ މުހިންމު ކަމަކީ ނަމާދުތަކަށް ރައްކައުތެރިވުން ކަމަށް ހަދާށެވެ. ދަތުރުގޮސް އުޅޭނަމަ ދަތުރުވެރިންނަށް ދެއްވަވާފައި ލުއިމަގުން ނަމަވެސް ނަމާދުތައް ކުރަން ފަރުވާތެރިވާށެވެ! ދަރިން ލައްވައިވެސް ނަމާދުކުރުވާށެވެ! 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

ދަތުރުތަކުގައި ތިމާމެންނާއި ތިމާމެންގެ ދަރިން އަވީގެ ހޫނުން ސަލާމަތްކުރުމަށްޓަކައި ފާޑުފާޑުގެ ލޯޝަންތައް އުނގުޅަމުއެވެ. އެހެން ކަންކަން ވެސް ކުރަމުއެވެ. ސުވާލަކީ ތިމާ ވެސް އަދި ދަރިން ވެސް ނަރަކައިން ސަލާމަތްކުރަން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟ އެކުދިން ލައްވައި ނަމާދުކުރުވުން ފަދަ ކަންކަން އެބަކުރުވަމު ހެއްޔެވެ؟ ދަރިން ތިއަ ގެންގުޅެނީ އަޢުރަ ނިވާކޮށްގެން ހެއްޔެވެ؟ ތިބާ ވެސް މިކަންކަން ކުރަމު ހެއްޔެވެ؟ 

ތިމާ އާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަދި އެކަން ގުޅިފައިވަނީ ހަމައެކަނި ޗުއްޓީ ދުވަސްތަކަކާއިވެސް ނޫނެވެ. ޙަޔާތުގެ ހުރިހާ ދުވަސްތަކާއިއެވެ! ވީމާ އެކަމުގައި އިހްމާލު ވެވޭ މީހުން މި އާޔަތަށް ވިސްނައި ބިރުވެތިވާށެވެ!  

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން