ހުކުރު ދުވަހު ސަމާލުކަންދިނުން އެންމެ މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހުކުރު ދުވަހު ސަމާލުކަންދިނުން އެންމެ މުހިންމު ބައެއް ކަންކަން-

ހުކުރު ދުވަހު ކުރަންޖެހޭ ކަންކަމަށް ބަލައި ބުނާނަމަ ކަހްފި ސޫރަތް ކިޔެވުމަށް ފަރުވާތެރިވާންވާނެއެވެ. އަދި ރަސޫލް (ﷺ)އަށް ޞަލަވާތް ކިޔެވުން ގިނަކުރަންވާނެއެވެ. ޞަލަވާތް ކިޔެވުން ގިނަކުރުން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކިތަންމެ ކުރު ޞަލަވާތެއް ނަމަވެސް 1000 ފަހަރު ކިޔެވުމެވެ.

ނަމަވެސް އެމީހަކަށް ކިޔެވުނު މިންވަރަކަށް ކިޔެވުމުންވެސް ފުދޭނެއެވެ. މުހިންމީ އެކަމަށް ސަމާލުކަންދީގެން ވީހައި ގިނައިން ކިޔެވުމެވެ.ހޯދަން މިއުޅެނީ ޘަވާބެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. ވީމާ އެކަމަށް އެމީހަކު މަސައްކަތްކުރާނެ މިންވަރު އެނގޭނީ އެމީހަކަށެވެ. އެކަން ކަނޑައެޅުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ވަނީ ދެއްވަވައިފައެވެ.

ހަމައެއާއިއެކު ވީހައި ކުރިން ހުކުރަށްދާން މަސައްކަތްކުރަންވާނެއެވެ. ހުކުރު ދުވަހުގެ އެންމެ މުހިންމު ކަމަކީ ވިހާކުރިން ހުކުރަށް ގޮސް އިމާމް މީހާއާއި ވީހާ ގާތުގައި އިނުމެވެ. ވީމާ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.

ހަމަ އެއާއިއެކު ހުކުރު ދުވަހުގައި ހިމެނިގެންވާ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެވަޤުތުގައި ދުޢާކުރެވިއްޖެނަމަ އެކަމެއް (އެމީހަކު އެދުނު ކަންތައް) ވަޤުތުން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ.

އަނބިދަރިންނަށާއި ޢާއިލާއަށް އެހީތެރިވުމަކީވެސް ހަމަ އަޅުކަމެވެ. މޫޑް ހުންނަ ގޮތުން ކަމަށް ހަދައި އެކަންކަން ނުކޮށްދޫކޮށްނުލާށެވެ! އެއް މިންވަރެއްގައި އެކަން ދަމަހައްޓަން އާދަކުރާށެވެ! ނޫންނަމަ ޢާއިލާގެ މީހުން ދެރަވާނެއެވެ. ހިތުގައި ތަފާތު ވަސްވާސްތައް އުފެދޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން