ފަޤީރަކަށްވީތީ ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތް!: ލޯބިން އުފަލުގައި ޒަވާޖީހަޔާތް ވޭތިކުރުމުގެ ފުރުޞަތު ބޮޑުވަނީ ތަނަވަސްކަން ނެތް މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފަޤީރަކަށްވީތީ ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތް!: ލޯބިން އުފަލުގައި ޒަވާޖީހަޔާތް ވޭތިކުރުމުގެ ފުރުޞަތު ބޮޑުވަނީ ތަނަވަސްކަން ނެތް މީހުންނަށް!

ތަފާސްހިސާބުތައް ދައްކާ ގޮތުން ލޯބިން އުފަލުގައި ޒަވާޖީހަޔާތް ވޭތިކުރުމުގެ ފުރުޞަތު ބޮޑުވަނީ ތަނަވަސްކަން ނެތް މީހުންނަށެވެ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވަނީ ތަނަވަސްކަން ނެތުމުން އެމީހުންނަށް ބޭނުންވާހައި ގޮތަކަށް ނުއުޅެވޭކަމެވެ. ގިނަ އަންހެނުން ހޯދުމުގެ ފުރުޞަތު ނުލިބޭކަމެވެ. އަދި އަނބިންނަށްވެސް ކެތްތެރިވެގެން އިންނަން މަޖުބޫރުވާކަމެވެ. 

ހަމައެއާއިއެކު ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންގެ ތަޤްވާވެރިކަން ބޮޑުވާނެއެވެ. އެއީ އެމީހުންނަށް ކުރެވޭ ފާފަތައް މަދުވުމުންނެވެ. އެހެންވެ އެމީހުންގެ ހިތުގެ ޠޯހިރުކަން ބޮޑުތަނުން އިތުރުވާކަމެވެ. 

ތަނަވަސްކަން ހުރިނަމަ އެމިހެއްގެ ވަށައިގެން އެތައް ބައިވަރު އަންހެނުން އަބަދުވެސް އެނބުރޭނެއެވެ. ތަނަވަސްކަން ހުރި އަންހެނަކުނަމަ އެއަންހެނެއްގެ ވަށައިގެން އެތައް ބައިވަރު ފިރިހެނުންތައް އެނބުރޭނެއެވެ. ވީމާ އަބަދުވެސް ބަދަލުކޮށްލަން ބޭނުންވާ މީހުން ގިނަވާނެއެވެ. މިކަން ދުނިޔޭގެ މުއްސަނދިންގެ ޢަމަލުތަކުންނާއި އެމީހުންގެ ޒަވާޖީހަޔާތުން އެނގިގެންދާނެއެވެ. 

ތަނަވަސަކަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ތަނަވަސްކަން އިތުރުވުމަށް އެދެވޭނެއެވެ. ނަމަވެސް އެންމެ ތަނަވަސްކަން ބޮޑު މީހަކު ކަމުގައިވުމަށް ނުއެދޭށެވެ. އެކަމަކީ މަގުއޮޅި ﷲ ތަޢާލާގެ މަގުން އެއްކިބާވެ ދުރަށްދެވޭ ސަބަބަކަށްވެގެންދެއެވެ. ހަމައެއާއިއެކު ޒަވާޖީ ޙަޔާތުގެ އުފާވެރިކަމާއި ފޮނިމީރުކަން ގެއްލިގެންދާ ސަބަބަކަށްވެސް ވެގެންދެއެވެ. އެކަން މިބަޔާންކުރެވުނު މިންވަރުންވެސް އެނގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން