ގިނަ މީހުން އެމީހުންގެ އުފާވެރިކަން ނަގާލައި މޫޑްގޯސްކުރަނީ އެކުވެރިއަކު ނުވަތަ އެނޫންވެސް ކޮންމެވެސް މީހަކު ކުރާ ކަމެއްގެ ސަބަބުންނެވެ. އެކަމުން އެނގެނީ އޭނާގެ އަމިއްލަ ނަފްސްގެ މައްޗަށް އޭނާގެ ބާރުނުހިނގާކަމެވެ. ހިތުގެ ކޮންޓްރޯލްވަނީ އެހެން ބައެއްގެ އަތުގައި ކަމެވެ.
ތިމާގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ތިމާގެ އަތުގައި ބޭއްވޭނީ ހިތުގެ ކޮންޓްރޯލް ތިމާގެ އަތުގައި ބޭއްވިގެންނެވެ. އެކަން ފާހަގަކުރައްވައި ޝައިޚް ޝަފީޢު ވިދާޅުވެފައިވަނީ މިދައިންނެވެ.
"ތިބާގެ އުފާވެރިކަން ވަނީ ތިބާގެ އަތްމަތީގައެވެ.
ދަތިކަމެއް ދިމާވުމުން އަލްޙަމްދުލިﷲ ކިޔާފައި ކެތްތެރިވާށެވެ!
އުފަލެއް ލިބުމުން އަލްޙަމްދުލިﷲ ކިޔާފައި ޝުކުރުވެރިވާށެވެ!
އެހެން މީހަކު ތިބާ އާއިމެދު ކުރާ ކަމަކުން ތިބާގެ މޫޑަށް ބަދަލު އަޔަ ނުދޭށެވެ! އެއިގެ ބަދަލުގައި ހުރިހާ ވަގުތަކުވެސް، ހުރިހާ ޙާލަތެއްގައިވެސް، އުފާވެރި މޫނަކާއިއެކު، ޝުކުރުވެރިކަމާއިއެކު ހުރެވޭތޯީ ބަލާށެވެ!"
- ޝައިޚް ޝަފީޢު ޢަބްދުﷲ