މަދުން ނޫނީ ނުލިބޭނެ، ލިބިއްޖެނަމަ ވަކިވާން ހެޔޮނުވާނެ ފިރިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަދުން ނޫނީ ނުލިބޭނެ، ލިބިއްޖެނަމަ ވަކިވާން ހެޔޮނުވާނެ ފިރިން-

އަންހެނަކު މީހަކު ދެކެ ލޯބިވެއްޖެނަމަ ލޯބިވެރިޔާ ބޭނުންވާ ގޮތަށް އޭނާގެ ކަންކަން ބަދަލުކުރުމަކީ ބޮޑުކަމަކަށް ނުހަދާނެއެވެ. އަދި ކައިވެނިކުރުމަށްފަހު ފިރިމީހާ ބޭނުންވާ ގޮތަށް އޭނާގެ ހުރިހާ ކަންކަންވެސް ބަދަލުކުރާނެއެވެ. 

ނަމަވެސް ފިރިހެނުންނަށް އެމީހުންގެ ކަންކަން ބަދަލުކުރުމަކީ އެހައިފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. ގިނަ ފަހަރު ކަންކަން ބަދަލުކުރިނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލުން ބަދަލުވެ ކުރިން އުޅުނު ގޮތަށް އުޅެން ފަށައެވެ. 

އެކަން ފާހަގަކޮށް ތަޖުރިބާކާރުން ބުނާ ވާހަކައެއް ބުނެލާނަމެވެ. "ކިތަންމެ ގިނަ ފައިސާ ޚަރަދުކުރިޔަސް، ކިތަންމެ ގިނައިން ލޯބިވާކަމަށް ބުންޏަސް، ކިތަންމެ ބޮޑަށް އަޅައިލިޔަސް، އަދި ކައިވެނިކޮށް ދަރިން ހޯދިނަމަވެސް އެއީ ޙަޤީޤީ ލޯބިވެރިއެއް ކަމަށް ނުބަލާށެވެ! ނަމަވެސް އަނބިމީހާ ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށް އެގޮތުގައި ދެމިހުރެއްޖެނަމަ އެއީ ޙަޤީޤީ ލޯބިވެރިއެކެވެ." 

މިމެސެޖް އެކި ގޮތްގޮތަށް އެކިފަހަރުމަތިން ވާނީ ދީފައެވެ. މިމެސެޖް ތަކުރާރުކުރަންޖެހޭ ސަބަބަކީ އަނބިމިހާ ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށް އެގޮތުގައި ހުރެވެނީ ވަރަށް މަދު ފިރިހެނަކަށް ކަމަށްވެފައި އެފަދަ ރަނގަޅު ފިރިއަކު ލިބުމުންވެސް ބައެއް އަންހެނުން އެކަމުގެ އަގުވަޒަންނުކޮށް އެމީހަކާއި ވަކިވާތީއެވެ. 

އަހުރެން ބުނާނީ އެފަދަ ފިރިއަކު ލިބިއްޖެނަމަ އެމީހަކާއި ވަކިވާން ހެޔޮނުވާނެއެވެ. ސަބަބަކީ އެފަދަ ފިރިން މަދުކަމެވެ. ވީމާ ދެން އެފަދަ ފިރިއަކު ނުލިބިދާނެކަމުގެ ބިރު ބޮޑުކަމުންނެވެ. 

މިއީ ކައިވެނީގެ ކަންކަމުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ މާހިރަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މިއަދު އޮންލައިން