މައިންބަފައިންނަށް ނުބައިބަސްބުނެ ޖަދަލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ބޮޑުފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މައިންބަފައިންނަށް ނުބައިބަސްބުނެ ޖަދަލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ބޮޑުފާފައެއް!: މުފްތީ މެންކް

އެއް ދުވަހަކު އެންމެ ބޮޑެތި ފާފަތައް ބަޔާންކޮށްދެއްވަވަމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަޑީޘްފުޅުކުރެއްވެވީ (ﷲ ތަޢާލާއަށް ޝަރީކުރުމުގެ ފާފައަށްފަހު) މައިންބަފައިންނަށް ނުބައިބަސްތައް ބުނެ ޖަދަލުކޮށް ޒުވާބުކުރުމެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި މައިންބަފައިންގެ ބަސް ޤަބޫލުކޮށް ކިޔަމަންތެރިވުމެއް ނެތެވެ. ނަމަވެސް އެޙާލަތުގައިވެސް އެމީހުންނަށް ނުބައިބަސްތައް ބުނެ ޖަދަލުނުކުރާށެވެ! އޯގާތެރިކަމާއިއެކު ބަސްބުނެ ދެކޮޅުހަދާކަން ހާމަކުރާށެވެ. 

ކަންކަން އޮތީ މިފަދައިން ނަމަވެސް ކިރިޔާ ކަމެއްވާއިރަށް މައިންބަފައިންނަށް ނުބައިބަސްތައް ބުނެ ޖަދަލުކުރުން މިއޮންނަނީ ޢާންމު ކަމަށްވެފައެވެ. ދެކޮޅުވެރިވެ ޒުވާބުކުރުން މިއޮންނަނީވެސް ޢާންމު ކަމަކަށްވެފައެވެ. މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. 

އެއިރުން އެމީހަކަށް އެޢަމަލުކުރެވެނީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ދެކޮޅަށެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކާއިވެސް ދެކޮޅަށެވެ. އަދި އެކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. 

ހުރިހާ މައިންބަފައިން އެއްގޮތެއް ނުވާނެއެވެ. ވަރަށް ރަނގަޅު މައިންބަފައިން ވަރަށް ގިނަ ނަމަވެސް ގޯސް، ވަރަށް ގޯސް މައިންބަފައިންވެސް ތިބޭނެއެވެ. އެކަން އެގޮތަށް ރިމަތިކުރައްވަވަނީ އިމްތިޙާންކުރެއްވެވުމަށްޓަކައެވެ. އަހުރެމެންނަށް އޮތީ ފާސްވެ ސުވަރުގެ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން