އިސްލާމް ދީނަށް ނަޞްރުދީ ކުރިއަރުވަން އެމީހަކަށް ކުރެވުނު ކޮންމެ ކަމެއްވެސް ކުރާށެވެ! ދެއްވަވާނެ އަޖުރު ވަޒަންވެސް ނުކުރެވޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އިސްލާމް ދީނަށް ނަޞްރުދީ ކުރިއަރުވަން އެމީހަކަށް ކުރެވުނު ކޮންމެ ކަމެއްވެސް ކުރާށެވެ! ދެއްވަވާނެ އަޖުރު ވަޒަންވެސް ނުކުރެވޭނެއެވެ!

ޞަޙީޙު މުސްލިމްގައިވާ ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (رأيت رجلاً يتقلب في الجنة في شجرة قطعها من ظهر الطريق كانت تؤذي المسلمين) މާނައީ: "މުސްލިމުންނަށް އެއިން އުނދަގޫވާ ގޮތަށް މަގުމަތީގައިވާ ގަހެއް ކަނޑައިގެން (އެކަމުގެ އަޖުރެއްގެ ގޮތުން) ސުވަރުގޭގެ ނިޢުމަތުގައިވީ މީހަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމުއެވެ. " 

މުސްލިމުންގެ ޢަޤީދާއަށް ދީނުގެ ޢަދުއްވުން ކުރިމަތިކުރާ ޝުބުހަތަކާއި، އަޚްލާޤިއްޔާތަށް ކުރިމަތިކުރާ ފާޙިޝް ނަޖިސް ކަންކަމާއި، ބުއްދިއާއި ފިކުރަށް ކުރިމަތި ކުރާ ކުފުރާއި އިލްޙާދުގެ ފިކުރުތަކުން އެ މާތް މަތިވެރި ޢަޤީދާއާއި އެ މާތް މަތިވެރި އަޚްލާޤިއްޔާތާއި، ހެޔޮ ބުއްދި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، އެ ކަންކަމާ ދެކޮޅަށް ރެއާއި ދުވާލު ބުރަ މަސައްކަތްކުރާ މީހުންގެ ސަވާބާއި ދަރުމަ ހުންނާނެ ވަރު ނިކަން ވިސްނަވާށެވެ. 

މާތް ﷲ އަޅުގަނޑުމެން އެންމެނަކީ ވެސް އެ އިލާހުގެ ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލައްވައި އިސްލާމްދީނަށް ޚިދުމަތް ކުރާ ބަޔަކު ކަމުގައި ލައްވާށި... އާމީން! 

- ލިޔުން: ޝައިޚް ޝަފީޢު ޢަބްދުﷲ

- ސުރުޚީ: މިއަދުނޫސް

 

މިއަދު އޮންލައިން