ވިހިވަރަކަށްފަހަރު އަހުރެންގެ މަގަށް ﷲ ތަޢާލާ ހުރަސް އެޅުއްވެވި! އެކަމަކު މިއަދު ގެންދަވާފައި މިހުރީ ދުވަހަކުވެސް އައުދެވޭނެކަމަށް އުންމީދުވެސް ކުރިހިސާބަކަށް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ވިހިވަރަކަށްފަހަރު އަހުރެންގެ މަގަށް ﷲ ތަޢާލާ ހުރަސް އެޅުއްވެވި! އެކަމަކު މިއަދު ގެންދަވާފައި މިހުރީ ދުވަހަކުވެސް އައުދެވޭނެކަމަށް އުންމީދުވެސް ކުރިހިސާބަކަށް ނޫން!: މުފްތީ މެންކް

ތިމާ ކުރަން ބޭނުންވާ ކަންކަން ނުކުރެވުމުން ނުވަތަ ކުރިއަށްދާން ބޭނުންވާ މަގުން ކުރިއަށް ނުދެވުމުން ގިނަބައަކު މާޔޫސްވެ އުންމީދު ކަނޑާލައެވެ. ފޫހިވެ ފަހަތަށް ޖެހެއެވެ. އެއީ މުސްލިމުންގެ ސިފައަކަށްވެގެން ނުވާނެއެވެ. މުސްލިމުން އަބަދުވެސް ތިބެންޖެހޭނީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކޮންމެ ޙާލަތެއްވެސް ބަލައިގަންނަ ބައެއްގެ ގޮތުގައެވެ. ތިމާއަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް މިންވަރުނުކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.

އަހަރެންނަށް ތާއީދުކޮށް އަހަރެން ބަލައިގަންނަ އަހަރެން "ފޮލޯ" ކުރާ ބައަކު ތިބޭނެކަމަށް އަހަރެން ދުވަހަކުވެސް އުންމީދެއް ވެސް ނުކުރަމެވެ. ނަމަވެސް އަހަރެންނަކީ އަހަރެންގެ ގޮތުގައި ކުރިއަށް ދާން މަސައްކަތްކުރި މީހަކީމެވެ. އެހެން މީހުން ކުރާ ކަންކަން ބެލި މީހެއް ނޫނެވެ. ނަމަވެސް ޙާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ﷲ ތަޢާލާ ބަދަލުކުރައްވަވައި ދެއްވެވުމުންނެވެ.

އެމީހަކު ކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރަން މަސައްކަތްކުރާށެވެ! މަސައްކަތް ކުރުމުން ވެސް ކާމިޔާބު ނުވެއްޖެ ނަމަ ދެރަ ނުވާށެވެ! ކަންބޮޑުވެސް ނުވާށެވެ! އެކަން އެގޮތަށް މެދުވެރިކުރެއްވެވީ އެއަށްވުރެ މާރަނގަޅު ގޮތްތަކެއް މެދުވެރިކުރެއްވެވުމަށްކަން އަބަދުވެސް ޔަޤީންކުރާށެވެ! ކުރިއަށް ދާނެ އެހެން މަގެއް އިޚްތިޔާރުކުރާށެވެ!

"އަހަރެންވެސް ކައިވެންޏެއް ކުރަން އުޅުނީމެވެ. އޭނާގެ ބައްޕަ ބުނީ ކަލޭ ނަރަކައަށް ދާށެވެ! (މާނައަކީ ތިއަ ކަމެއް ކަލެއަކަށް ނުކުރެވޭނެއެވެ.) ނަމަވެސް އެއިގެ ބަދަލުގައި އަހަރެންނަށް އާދެވިފައި މިވަނީ "ސުވަރުގެ"އަށެވެ. (މާނައަކީ ﷲ މެދުވެރިކުރެއްވެވީ މާރަނގަޅު ގޮތް ކަމެވެ. ދެއްވަވާފައިވަނީ އުފާވެރިކަމާ ރަޙްމަތް ބޮޑު ދިރިއުޅުމެއް ކަމެވެ.!)"

މީސްތަކުން ކުރަން އުޅޭ ކަންކަން ނުކުރެވޭނެ ގޮތަށް ﷲ ތަޢާލާ މީސްތަކުންނަށް ބަންދުކުރައްވަވައެވެ. އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ. އެއިގެ ބަދަލުގައި މާރަނގަޅު ގޮތްތައް ﷲ ތަޢާލާ މެދުވެރިކުރައްވަވައި ދެއްވަވާނެތެވެ.

ތެދަށް ބުނާނަމަ 20 ވަރަކަށް ފަހަރު އަހަރެން ކުރިއަށް ދާން މަސައްކަތްކުރި މަގު ﷲ ތަޢާލާ ބަންދުކުރެއްވެވިއެވެ. ނަމަވެސް އަހަރެން މިއީ އަހަރެންނަށް ވެވިފައި މިހިރީ އެކަންކަން އެގޮތަށް މެދުވެރިކުރެއްވެވީތީއެވެ. އަހަރެންނަށް މިއަދު އާދެވިފައިމިވާ ހިސާބަށް އާދެވޭނެކަން އަހަރެން ހުވަފެނުން ވެސް ނުދެކެވެ.

--މުފްތީ މެންކުގެ ބަސްދީގަތުމަކުން

 

މިއަދު އޮންލައިން