ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި ބައެއް މީހުންނަށް ހީކުރެވުނަސް ހުއްދަވެގެންވާ ފަނަރަ ކަމެއް!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި ބައެއް މީހުންނަށް ހީކުރެވުނަސް ހުއްދަވެގެންވާ ފަނަރަ ކަމެއް!: ޝައިޚް ޝާފިޢު

ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަން:

1- މުޞްޙަފުގައި ބީހުމެއް ނެތި ކީރިތި ޤުރުއާން ކިޔެވުން

2- ތަފްސީރު ފޮތްތަކުގައި ބީހުން

3- ޤުރުއާން ތަރުޖަމާގައި ބީހުން

4- ދުޢާކުރުން

5- ޛިކްރުކުރުން

6- މައްޔިތުން ހިނެވުން

7- މިސްކިތުގައި މަޑުނުކޮށް ޙާޖަތަކަށްޓަކައި މިސްކިތަށް ވަދެލާފައި ނުކުތުން

8- ޖިމާޢުނުވެ އެހެން ހުރިހާ ހުއްދަ ގޮތްގޮތުން ދެމަފިރިކަމުގެ އަރާމު ލިބިގަތުން

9- ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔުން

10- ސަޢްޔުކުރުން

11- ޠަވާފުކުރުން ފިޔަވާ ޙައްޖުގެ ހުރިހާ މަނާސިކުތައް

12- ތިލާވަތުގެ ސަޖިދަކުރުން

13- ޝުކުރުގެ ސަޖިދަކުރުން

14- މައްޔިތުންގެ މޫނުބެލުން (އަންހެން މައްޔިތެއްނަމަ ނުވަތަ މަޙްރަމެއްނަމަ މައްޔިތާގައިގައި އަތްލުންވެސް ހުއްދައެވެ)

15- ނިޔަފަތި ކެނޑުމާއި އިސްތަށި ބޭލުމާއި ގައިން ޠާހިރުވުމުގެ ގޮތުން ކުރާ މިފަދަ ކަންކަން ކުރުން

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން