ނަމާދުގައި ބިރުވެތިވެ ރައްކާތެރިވާންޖެހޭ 6 ކަމެއް! ނުވެއްޖެނަމަ އެއީ ތިބާއަކީ މުނާފިޤުންގެ ތެރެއިންވާ ކަމުގެ ޢަލާމާތްތަކެވެ!: އިބްނުލް ޤައްޔިމް ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނަމާދުގައި  ބިރުވެތިވެ ރައްކާތެރިވާންޖެހޭ 6 ކަމެއް! ނުވެއްޖެނަމަ އެއީ ތިބާއަކީ މުނާފިޤުންގެ ތެރެއިންވާ ކަމުގެ ޢަލާމާތްތަކެވެ!: އިބްނުލް ޤައްޔިމް ރަޙިމަހުﷲ

ނަމާދަށް ހުރެގެން ބައެއް މީހުން އާފުރި، މޯޅިއަށްދެމި އަދި ގިނަގިނައިން ބޯކެހުން ފަދަ ބައެއް ކަންކަން ކުރެއެވެ. އެއީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު: ޢާންމު ގޮތެއްގައި ތިއަ ބާވަތުގެ ކަންކަން ކުރެވެނީ ނަމާދަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމުގެ އިތުރުން ކަންނެތްވެ ފޫހިވުމުންނެވެ. އެއީ ވަރަށް ނުރައްކައުތެރިކަމެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

"ނަމާދުގައި މިކަންކަން ހިމެނިގެންވުމީ ތިބާ މުނާފިޤުންގެ ތެރެއިންވާ ކަމުގެ ޢަލާމާތްތަކެވެ.

1- ކަންނެތްކަމާއެކު ނަމާދު ޤާއިމުކުރުން

2- ކަންދެއްކުމަށް ނަމާދުކުރުން

3- ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި އަދާނުކޮށް އަބަދުވެސް ފަސްކުރުން

4- ނަމާދުގައި ޙަރަކާތްތައް ކުރުމުގައި އަވަސްއަރައިގަތުން

5- ނަމާދުގައި މަދުން މެނުވީ ﷲ ހަނދުމަނުކުރުން، (އެބަހީ ދުނިޔަވީ ޚިޔާލުތައް ގިނަވުން)

6- (ފިރިހެނުން) ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވުން

الصـلاة وحڪم تارڪهـا للامـام ابـن القيـم-رحمه الله- 1 /173 (މިއީ ޝައިޚް މުޙައްމަދު ޝަފީޢު މިއަދުނޫހާއި ޙިއްޞާ ކުރައަވާފައިވާ ލިޔުމެކެވެ.)

މިއަދު އޮންލައިން