ޢުމަރުގެފާނުގެ މޫނުފުޅުގަ ލަކުނު ގިނަވެ ކޮނޑާ ކަނދުރާފުޅުގަ ކުރަގިނަވުން- ކޮންމެ މުސްލިމަކު ވިސްނާލަންޖެހިފައިވާ ކަމެއް!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޢުމަރުގެފާނުގެ މޫނުފުޅުގަ ލަކުނު ގިނަވެ ކޮނޑާ ކަނދުރާފުޅުގަ ކުރަގިނަވުން- ކޮންމެ މުސްލިމަކު ވިސްނާލަންޖެހިފައިވާ ކަމެއް!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަހުރެން މިހެން ބުނީތީ އަހުރެން ދެކެ ރުޅިނުއަންނާށެވެ. އަހުރެން މިބުނަނީ އަހުރެންނަށް ވިސްނި އަހުރެން އެކަން ޤަބޫލުކުރާ ގޮތަށެވެ. އެކަން އަހުރެންނަށް ވިސްނޭ ގޮތަށެވެ. 

މިއަދު ގިނަ ބައަކު އިސްލާމް ދީނާއި، ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާކަމަށް ބުނަނީ ދުނިިޔަވީ ސަބަބަކަށްޓަކައި ނޫންކަމަށް ޤަބޫލުކުރަން އުނދަގުލެވެ. އެހެން ބުނަން މިޖެހެނީ އެމީހުންގެ ޢަމަލުތަކުން އެމީހުން ﷲ ތަޢާލާއަށް ބިރުވެތިވާކަން ނުދެއްކޭތީއެވެ. 

ބުނަން ހެއްޔެވެ؟ ޢުމަރުގެފާނުގެ މޫނުފުޅުގައި ލަކުނުތައް ހުރުމުން އެމޫނުފުޅު އަހުރެމެންނަށް ރީތި ނުވެދާނެއެވެ. ނަމަވެސް އެމޫނުފުޅަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ރިވެތިކަން ބޮޑުވެގެންވާ މޫނުފުޅެކެވެ. ސަބަބަކީ އެލަކުނުތައް ލާފައި އެހުރީ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވެޑައިގެން ކަރުނަފުޅު އޮއްސެވިލެއް ގިނަކަމުން ކަމަށްވާތީއެވެ. 

ޢުމަރުގެފާނުގެ ކޮނޑުފުޅާއި ކަނދުރާފުޅުގައި ކުރަހުރުމުން އަހުރެމެންނަށް ރީތި ނުވެދާނެއެވެ. ނަމަވެސް އެކުރަތައް އެހުރީ އަމީރުލްމުއްމިނީނަކަށް ހުންނަވައިގެންވެސް ސިއްރިޔާތުގައި ފަޤީރުންގެ ގޭގެއަށް އެކޮނޑުފުޅުގައި (މީސްތަކުންނަށް ސިއްރިޔާތުގައި) ކާބޯތަކެތި އުފުއްލެވީތީއެވެ.  

ދެން އޮތީ އެންމެ ބޮޑުވާހަކައެވެ. ޢުމަރުގެފާނުގެ ސިފަފުޅު އަހުރެމެންނަށް ރީތިނުވާއިރު ޝައިޠޯނާއަށް ޢުމަރުގެފާނު ފެނުމުން ބިރުން ފިލައެވެ. އެއީ އެކަލޭގެފާނުގެ އީމާންކަން ވަރުގަދަކަމުންނެވެ.  

ދެން ނިކަން ބުނެބަލާށެވެ! އީމާން ކަމުގައި އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވެވޭހެއްޔެވެ؟ ސިއްރިޔާތުގައި ޞަދަޤާތްކޮށް ﷲ ތަޢާލާގެ ޙަޟްރަތުން މަތީ ދަރަޖަ ހޯދަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟  

އަހުރެން ބުނިބަހަށް އަހުރެންދެކެ ރުޅިއަންނަނަމަ އަންނަންވާނީ ތެދުވެރިކަމާއިއެކު އެމީހެއްގެ އަމިއްލަ ނަފްސް އަމިއްލައަށް މިކަންކަމަށް ހިސާބުކޮށްލުމަށްފަހުގައެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން