ތިމާގެ ކިބައިގަ ހުރި ނިކަމެތިކަން އަމިއްލައަށް އިޙްސާސް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް!: އެކަން ކުރެވޭނީ ނަފްސް ހިސާބުކުރާ މީހަކަށް!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތިމާގެ ކިބައިގަ ހުރި ނިކަމެތިކަން އަމިއްލައަށް އިޙްސާސް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް!: އެކަން ކުރެވޭނީ ނަފްސް ހިސާބުކުރާ މީހަކަށް!: ޑރ. ޢަލީ ޒާހިރު

ނަފްސު ހިސާބު ކުރުމުގެ ފައިދާތަކުގެ ތެރޭގާ ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެމީހާގެ ނަފްސްގެ ހުރި ނިކަމެތިކަން އަމިއްލަޔަށް އިޙްސާސް ކުރުމެވެ. އެމީހާގެ އަމިއްލަ ނަފްސް ހިސާބުކުރީމައި މީހާގެ ކިބައިގާ ހުންނަ ބޮޑާކަމާ، މީހާގެ ކިބައިގާ ހުންނަ ކިބުރުވެރިކަމާ، އެމީހާޔަށް އެމީހާ ފެނިފަ ހުންނަ ހުރުމާ، މިކަންކަން އެއްކޮށް ފިލައިގެންދާގޮތްވާނެ އެވެ.

ލޮބްވެތި އަޚުންނާއި އުޚްތުންނޭ! ހަމަ އެގޮތަށް ﷲގެ ރަޙްމަތުގެ ބޮޑުކަން އިޙްސާސް ކުރެވި އެމީހާޔަށް އިތުރަށް ހެޔޮކަންތައްތަކުގާ އުޅޭހިތްވުމުގެ ފުރުޞަތު އެމީހާޔަށް ލިބިގެންދާނެއެވެ. އެމީހާގެ ނަފްސު އިޞްލާޙު ކުރުމަށްޓަކާ ނަފްސު ހިސާބު ކުރަމުން ދަންޏާ، ނަފްސު ހިސާބު ކުރުމަށް އެހީތެރިވެދޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ.

އެގޮތުން ބަލައިލާއިރުގާ މާދަމާގެ ހިސާބު ފަސޭހަ ކުރަން ބޭނުންވަންޏާ، އެކަމާދޭތެރޭގަ ކަންބޮޑުވަންޏާ، ދުނިޔޭގެ ހިސާބު ކުރުން އެމީހާޔަށް ފަސޭހަވެގެން ދާނެ. މާނަޔަކީ މާދަމާ ބޭނުމެއްނޫން ނުރައްކަލެއްގެ ތެރެޔަށް ވަންނާކަށް. މާދަމާގެ ހިސާބު ބެއްލެވުން ލުއިކުރަން ބޭނުން އެހެން ވެއްޖިއްޔާ މިއަދު ހިސާބުކޮށްގެން މިއަދު ޢަމަލުތައް ހުރިގޮތް ބަލާއިގެން އުޅެފިކަމަށް ވަނީނަމަ މާދަމާގެ ހިސާބުން އެމީހާ ސަލާމަތްވެ އެމީހާޔަށް ލުއިފަސޭހަ ގޮތެއް މެދުވެރިވެގެން ދާނެ.

އެކަމު މިއަދު އަޅައެއްނުލާ ނަމާދަކީ ކޯޗެއްކަމެއް، ﷲ މަނާކުރެއްވި ކަންކަމަކީ ކޮބައިކަމެއް، ވާޖިބު ކުރެއްވި ކަމަކީ ކޮބައިކަމެއް، ތިމަންނާ މުސްލިމެއްގެ ޙައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކަކަކީ ކޮބައިކަމެއް މިއިން އެއްވެސް ކަމެއް ނޭނގިމީހާ އުޅެންފަށައިފިއްޔާ އެމީހާ އެވަންނަނީ ޣާފިލުކަމުގެ ދުނިޔެއަކަށް.

ނަތީޖާއެއްގެ ގޮތުން އޭނާއަކަށް ނަފްސު ހިސާބުކުރާކަށް ނޭނގޭ، ހެޔޮޢަމަލުކުރާކަށް ނޭނގޭ، މިއީ ވަރަށް ނުރައްކާތެރި ކަމެއް. އެހެންވީމާ، ނަފްސު ހިސާބުކުރުމަށް އެހީވެދޭ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނީ، އޭގެތެރޭގަ މިދެންނެވިހެން އާޚިރަތުގެ ހިސާބު ލުއި ކުރުމަށް ބޭނުންވުން އެބަ އޮންނަންޖެހޭ.

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

މިއަދު އޮންލައިން