ޤުރްއާނުން ހިތުދަސްވާބައި ހަނދާން ނައްތާލަން ހެޔޮނުވާނެ! އަމިއްލަ ނަފްސަށް ލިބިގަނެވޭނެ އެންމެ ބޮޑު އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ޤުރްއާނުން ހިތުދަސްވާބައި ހަނދާން ނައްތާލަން ހެޔޮނުވާނެ! އަމިއްލަ ނަފްސަށް ލިބިގަނެވޭނެ އެންމެ ބޮޑު އަނިޔާ!

ބައެއް ކުދިން ކުޑައިރު ނުވަތަ ޒުވާން ޢުމުރުގައި ކީރިތި ޤުރްއާނުގެ ގިނަ ސޫރަތްތަކެއް ހިތުދަސްކުރެއެވެ. އެއީ މައިންބަފައިންގެ ބަސް ޤަބޫލުކޮށްގެން ޤުރްއާން ކިޔަވައި އުޅުނު ދުވަސްތަކުގައެވެ. އެއިގެ ފަހުން ބޮޑުވެ ވަޒީފާ އަދާކުރަންފެށުމުން މައިންބަފައިންގެ ކިބައިން ވީއްލި ޤުރްޢާން ކިޔެވުން ހުއްޓާލައެވެ. އެކަމުގެ ސަބަބުން ކުރިން ހިތުދަސްކުރެވުނު ތަންކޮޅުވެސް ހަނދާނުން ފިލައިގެންދެއެވެ.

މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއްދެރައެވެ. މިބުނަނީ ކީރިތި ޤުރްއާނުން ދަސްވި އެންމެ އަކުރެއް ނަމަވެސް ހަނދާން ނެތުމެވެ. ވީމާ އަބަދުވެސް މަސައްކަތްކުރަންވީ ދަސްވެފައި ހުރި މިންވަރު ނަދާނުގައި ބެހެއްޓުމަށާއި އިތުރަށް އެންމެ އާޔަތެއް ނަމަވެސް ދަސްކުރެވޭތޯއެވެ.  

ޤުރްއާނުން ހިތުދަސްވާބައި ހަނދާން ނައްތައިލަން ހެޔޮނުވާނެއެވެ. އެކަންވާނީ އަމިއްލަ ނަފްސަށް ލިބިގަނެވޭނެ އެންމެ ބޮޑު އެއް އަނިޔާއަށެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ޤުރްއާން ހަމައެކަނި  ކިޔެވުމަކުން ނުފުދޭ ޤުރްއާން ކިޔެވުމާ އެކީގަ ޤުރްއާނުގެ މާނަ ދަސްކޮށް އަދި އެޤުރްއާނާ އެއްގޮތަށް އޭނަގެ ޢަމަލުތައް ބައްޓަން ކުރަން މަސައްކަތް ކުރަންޖެހޭ. 

އެއީ ޤުރްއާން ކިޔަވާފަ އެޔާ އެއްގޮތަށް  އޭނަގެ ޢަމަލުތައް ނުބަހައްޓާ ކަމަށްވަނީނަމަ އޭގެ މާނަޔަކީ އޭނާޔަކީ ޤުރްއާނަށް ޢަމަލުކުރާ މީހެއްކަމުގައި ނުވާނެ. ޤުރްއާން ހިތުދަސް ކޮށްފި ކަމަށްވަނީނަމަ އެހިތުދަސްކުރިބައި ހިތުގާ ހަރުލެއްވުމަށް މަސައްކަތް ކުރަންޖެހޭނެ. ހިތުގަ ހަރުލެއްވޭނީ ގިނަގިނައިން ޤުރްއާން ކިޔެވީމަ. ޤުރްއާން ނުކިޔަވާ ދޫކޮށްލައިފި ކަމަށްވަނީނަމަ  ހިތުގަ ހަރުލައެއް ނުހުންނާނެ. އެހެންވީމަ ހަނދާނުން ފުހެވިގެންދާނެ ވަރަށް އަވަހަށް  ވަރަށް ފަސޭހައިން ކީރިތި ރަސޫލާ    އެކަން ސިފަކުރައްވާފަ ވަނީވެސް ބަނދެފައޮންނަ ޖަމަލެއްގެ މިސާލު.  އެޖަމަލު ބަނދެފަ އޮންނަކަމަށްވަނީނަމަ އެޖަމަލު ރީތިކޮށް ބަސްއަހައިގެން އޮންނާނެ އެހެންނަމަވެސް ޖަމަލު ނުބަނދެ ދޫކޮށްލައިފިކަމަށް ވަނީނަމަ އެޖަމަލު ދުއްވައިގަންނާނެ. ދެން އޭތި އަތަކު ނުޖެހޭނެ.  

ހަމަ އެގޮތަށް ޤުރްއާން ވެސް  ޤުރްއާނަކީވެސް ޤުރްއާން ކިޔަވާ މުރާޖަޢާކޮށް ހަދާކަމަށްވަނީނަމަ އެމީހެއްގެ ހިތުގާ ޤުރްއާން ދެމި ހުންނާނެ އެހެންނަމަވެސް ޤުރްއާން ނުކިޔަވާ ދޫކޮށްލައިފި ކަމަށްވަނީނަމަ ހަނދާނުން ފުހެވިގެންދާނެ. އެހެންވީމާ އެގޮތަށް ޤުރްއާނާ ދޭތެރޭގައި ޢަމަލު ކުރަންޖެހޭނީ ދެން ތިބުނުއްވި ގޮތަށް ހަމައެކަނި ޤުރްއާން ކިޔެވިޔަސްވެސް ނުވެއްފުދޭނެ. އަދި ކިތަންމެ ވަރަށްކަށް ކިޔެވިޔަސްވެސް ޤުރްއާނާ  އެއްގޮތަށް ޢަމަލު ނުކުރާކަމަށް ވަނީނަމަ އޭގެ މާނަޔަކީ އޭނަޔަކީ އެއީ އަދި ޤުރްއާނާ އެއްގޮތަށް އޭނަގެ ޢަމަލުތައް ބަހައްޓާ މީހެއްކަމުގައި ވެގެނެއް ނުދާނެ. އެހެންވީމާ، ޤުރްއާން ކިޔެވުމާ އެކީގާ ޤުރްއާނަށް ޢަމަލު ކުރުމަކީ އެއީހަމަ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން