ޙާޞިލުނުކުރެވިގެން ތިއަ ކަންބޮޑުވާ ހުރިހާ ކަމަކަށް އެޅިފައިވަނީ ހަމައެންމެ ހުރަހެއް ކަމަށްވެދާނެ! އަވަހަށް ނައްތައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޙާޞިލުނުކުރެވިގެން ތިއަ ކަންބޮޑުވާ ހުރިހާ ކަމަކަށް އެޅިފައިވަނީ ހަމައެންމެ ހުރަހެއް ކަމަށްވެދާނެ! އަވަހަށް ނައްތައިލާ!

އިމާމް ހަސަން އަލްބަސްރީގެ ބަސްފުޅެއްގައިވެއެވެ. "ތިބާ ބޭނުންވާ ކަންކަން ހަމަޖެހުންވަނީ ނަމާދުކުރަން ތިބާ އިސްކަން ދޭ މިންވަރެއްގެ މައްޗަށެވެ. ތިބާއަށް ތަނަވަސްކަން ލިބުމާއި، ކުރަން މަސައްކަތްކުރާ ކަންކަން ޙާޞިލުވުމާއި ކައިވެންޏާއި އަދި ބަލިތަކުން ޝިފާ ލިބުން ލަސްވެގެން އެދަނީ ތިބާ ނަމާދު ލަސްކުރާތީ ކަމަށްވެދާނެއެވެ!" 

މިބަސްފުޅުގެ މާނައަކީ ނަމާދަށް އަވަސްވެގަންނަ މީހާ އެދޭ ކަންކަން ﷲ ތަޢާލާ ފުއްދަވައިދެއްވެވުން އަވަސްވެގެންދާނެ ކަމެވެ. ވީމާ އެދޭ ކަންކަން އަވަހަށް ޙާޞިލުވުމަށް އެދޭ މީހާ ފުރަތަމަކަމަކަށް ކުރަން އޮތް ކަމަކީ ނަމާދަށް އަވަސްވެގަތުން ކަމެވެ. 

ބައެއް މީހުންނަކީ ނަމާދުކުރުމުން އެމީހުންގެ ޠަބީޢަތާއި އެހެނިހެން ކަންކަން ރަނގަޅުވާކަމަށް ޤަބޫލުކުރާ ބައެއެކެވެ. އެފަދަ މީހުން އަބަދުވެސް ތިބޭނީ ނަމާދު ވަގުތުގެ އިންތިޒާރުގައެވެ. ނަމާދުވަގުތު ޖެހުމުން ނަމާދުކުރުމަށް އަވަސްވެގަންނާނެއެވެ. ވަގުތު ޖެހި ނަމާދު ނުކުރެވި ލަސްވާ ކޮންމެ ހިނދުކޮޅަކު އެމީހުން ތިބޭނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. 

ދެވަނަ ބައަކީ ޠަބީޢަތް ހަމަޖެހުމުންނާއި ކުރަން ހުންނަ ކަންކަން ކޮށް ނިންމައި ހަމަޖެހިގެން ނަމާދުކުރަން ބޭނުންވާ މީހުންނެވެ. 

މިދެބައިމީހުންނަށް ބަލައިފިނަމަ ފުރަތަމަ ބަޔާން މިކުރި މީހުންނަކީ ﷲ ތަޢާލާގެ އެންގެވުމަށް އިޖާބަ ދިނުމަކީ އެމީހުންގެ އެންމެ އިސް ވާޖިބު ކަމުގައި ދެކޭ މީހުންނެވެ. އެކަން ނުކުރެވޭނަމަ އެމީހުންނަށް ހިތްހަމަޖެހުން ނުލިބޭ މީހުންނެވެ. ވީމާ އެމީހުންނަކީ އެންމެ ފުރިހަަމ ގޮތުގައި އެމީހުންގެ ހިތާއި ރޫޙު ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތާއި ގުޅުވައިގެން ތިބި މީހުންނެވެ. 

ދެވަނައަށް ބަޔާންކުރި މީހުންނަކީ އެމީހުންގެ ހިތާއި ވިސްނުމުގައި ތަފާތެއް ހުރި ބައެކެވެ. އެމީހުން އެންމެ ފުރަތަމަ އިސްކަން އެދެނީ އެދެނީ އެމީހުންގެ އަމިއްލަ ކަންކަމަށެވެ. ﷲ ތަޢާލާގެ އަމުރުފުޅު އެގެންނަނީ ދެވަނަ ކަމެއްގެ ގޮތުންނެވެ. އެމީހުންގެ އަމިއްލަ ބޭނުންތަކުގެ ފަހަތުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން