ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއް!: ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގަ ހުރެވޭނެ ކަމުގެ ވިސްނުމަކީ ގިނަ ބައަކަށް ނަރަކައަށް ވަންނަންޖެހޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއް!: ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގަ ހުރެވޭނެ ކަމުގެ ވިސްނުމަކީ ގިނަ ބައަކަށް ނަރަކައަށް ވަންނަންޖެހޭ ސަބަބު!

މީސްތަކުންނޭވެ! ހެޔޮ އަމަލުކުރާނެ ދުވަސް އުމުރުގައި ބާކީ އެބައޮތްކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކު އެވަނީ ޝައިޠާނާގެ ކަސްތޮޅުގައި ވަރަށް ރަނގަޅަށް ބަނދެވިފައެވެ. ކަސްތޮޅުމަތިން ކަސްތޮޅު އެޅިފައެވެ. 

މީސްތަކުންނޭވެ! ޝައިޠާނާގެ ކަސްތޮޅުން އަވަހަށް ނެއްޓޭށެވެ! ސަލާމަތްވާށެވެ! ހަމަ ކޮންމެ ވަގުތަކުވެސް މަރާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ތައްޔާރުވާށެވެ! މިކަން ޤަބޫލުކުރަންވީ އަހަރެން ބުނީތީއެއް ނޫނެވެ. ކޮންމެ ދުވަހަކު މަރުވާ މީހުންނަށް ބެލުމުން މިކަމުގެ ހެކިތައް ފެންނަމުންދާތީއެވެ. ޒުވާން އުމުރުގެ މީހުންނާއި ކުޑަކުދިން ކޮނަމެ ދުވަހަކުވެސް މަރުވަމުންދާތީއެވެ!  

މީސްތަކުންނޭވެ! ގިނަ ބައަކު ނަރަކައަށް ވަންނަމުން އެދަނީ ކޮންމެ ދުވަހަކު އެމީހާގެ ލޮލަށް ފެންނަ ކަންކަން ޤަބޫލުނުކޮށް އިބިލީހުގެ ބަހަށް ހެއްލެވޭތީއެވެ! އެހެނީ ކުޑަކުދިންނާއި ޒުވާނުން ކޮންމެ ދުވަހަކު ވެސް މަރުވަމުންދާއިރު ފެންނަމުން އެދަނީ މަރުވުމަށް ވަކި އުމުރެއް ނެތްކަމެވެ. ވީއިރު ތިމާ މަރުވުމަށް އަދި އަހަރުތަކެއް ބާކީ އެބައޮތް ކަމަށް ޤަބޫލުކުރަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟ 

މި ބަޔާންކުރި ވިސްނުން އެމީހެއްގެ ކިބައިގައި އެއްވެސް މިންވަރަކަށް ހުރިނަމަ އެ ވިސްނުމުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަދި އެވިސްނުމާއި ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީ ވީހައި ގިނައިން އަޅުކަން ކުރަން ފެށުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. ގިނަގިނައިން ޖަނާޒާތަކުގައި ބައިވެރިވެ މަރުމަތިން ހަދުމަކުރުން ގިނަކުރުމެވެ. 

ބައެއް މީހުން ބުނެއެވެ. އަދި އަހަރެން ވަރަށް ޒުވާނެވެ. ތައުބާވެ ބައިވަރު ހެޔޮ އަމަލުތައް ކުރާނެ ދުވަސްތައް ބައިވަރެވެ. އެފަދަ ބަސްތައް ބުނާ މީހުން އެބުނަނީ ތެދެއްނަމަ ފުރަތަމަ ކަމަކަށް ނިކަން އޭނާ މަރުވާނެ ދުވަސް ބުނެބަލާށެވެ! ދުނިޔޭގައި ހުންނާނެ މުއްދަތު ނިކަން ބުނެބަލާށެވެ! އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

މިއަދު އޮންލައިން