އަންހަނަކު ކަމުގައިވީނަމަވެސް އަދި ފިރިހެނަކު ކަމުގައިވީނަމަވެސް އުފާވެރި ކައިވެންޏެއް ނުވަތަ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބޭނީ އެމީހަކަށް ޝައުޤުވެރިވާ ބައިވެރިއަކު ހޯދައިގެންނެވެ. ތިމާ ޝައުޤުވެރިވާ މީހަކު ހޯދައިގެން ކައިވެނިކުރާނަމަ މިބުނި އުފާވެރިކަން އޮންނާނީ ނުލިބިފައެވެ.
ބަގީޗާއަކަށް ވަދެ ރީތި މައުތަކަށް ބަލަން ހުރުމުން ހިތްހަމަޖެހުން ލިބިދާނެއެވެ. ނަމަވެސް ޒަވާޖީ ޙަޔާތަކަށް ބޭނުންވާ ހިތްހަމަޖެހުމަކީ ހަމައެކަނި ލޮލުން ބަލަން ރީތިވެގެން ލިބޭނެ އެއްޗެއް ނޫނެވެ.
އަހުރެން ބުނާނީ ބަލައިލަން ރީތިވުމަކީ 25 އިންސައްތަ ކަމަށެވެ. އަނެއް 75 އިންސައްތަ ވާންޖެހޭނީ ގައިގައި ބީހިއުޅުމަށެވެ. ތިބާއަށް ޝައުޤުވެރިނުވާ މީހަކާއި ގުޅިއްޖެ ނަމަ އޭނާ ކިތަންމެ ރީތިނަމަވެސް 75 އިންސައްތަ ގެއްލުނީއެވެ. އެއީ ކެތްކުރެވޭނެ ކަމެއް ނޫނެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަންޖެހެނީ ގިނަ ކައިވެނިތަކެއްގައި މައްސަލަތައް ޖެހެނީ މިކަމަށް ނުވިސްނައި ކައިވެނިކުރާތީއެވެ. ތިމާ އެމީހަކަށް ޝައުޤުވެރިވުމުން ކައިވެނިކުރަނީއެވެ. އަނެކާ ތިމާއަށް ޝައުޤުވެރިވާ ވަރާއިމެދު ވިސްނައެއް ނުލައެވެ. އެކަން މިއެނގެނީ ކައިވެނިކޮށް އެކަންކަން އޭނާގެ ކިބައިން ނުލިބުމުންނެވެ. ދެން އޮންނާނީ ކައިވެނި ރޫޅާލަން ޖެހުން ނޫން ކޮންގޮތެއް ހެއްޔެވެ؟
އަހުރެންނަކީ ދީނީ ޢިލްމުވެރިއަކަށްނުވާތީ ދީނީ ގޮތުން ވާހަކަދައްކާކަށް ނެތީމެވެ. މިބުނެލީ ޢާންމުކޮށް މިކަންކަން ހިނގަމުން އަންނަ ގޮތެވެ.
- މިއީ ކައިވެނީގެ މައްސަލަތަކުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.