ކުއްޖާ އެހެން ކުދީންނާ އަޅާ ކިޔުން- ދަރީން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު އެއް ގޯސް!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކުއްޖާ އެހެން ކުދީންނާ އަޅާ ކިޔުން- ދަރީން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު އެއް ގޯސް!: ޝައިޚް ޝާފިޢު

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކަންކަން ދަސްކުރުމާއި، އުނގެނުމާއި، ވާހަކަ ދެއްކުމާއި، ހުނަރުވެރިކަމާއި، ވިސްނުންތޫނު ކަމަކީވެސް އެކި ކުދީންގެ ކިބައިގައި އެކި މިންވަރަށް ހުންނަ ކަންކަމެވެ.  

އެވެނި މީހެއްގެ މިވެނި ދަރިއަކު މާ މޮޅުކަމަށް ދެކި، އަމިއްލަ ދަރިފުޅު ދަށްކޮށް، މޮޅު ކުއްޖާއާ އަރާހަމަކުރުމަށް ދަރިފުޅަށް އޮބިނޯންނަ ވަރަށް ޕްރެޝަރުކޮށް، އަމިއްލަ ދަރިފުޅާމެދު މާ ދެރަ ކުއްޖެއްގެ ގޮތުގައި ދުށުމަކީ، ތަރުބިއްޔަތަކީ ކޮބައިކަން އެނގޭ، ހެޔޮ ވިސްނޭ މަންމައަކު އަދި ބައްޕައަކު ކުރާނެ ކަމެއް ނޫނެވެ. 

އެހެންކަމުން ދަރީން ތަރުބިއްޔަތު ކުރުމުގައި ކުއްޖާ އެހެން ކުދީންނާ އަޅާ ކިޔުމަކީ މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

الشيخ محمد شافع

މިއަދު އޮންލައިން