ޝެއާކޮށްލައްވާ!: އެކަންކަން ކޮށް އަދި މީސްތަކުންގެ މެދުގައި ފަތުރަން މަސައްކަތްކުރަން ރަސޫލް ޞޢޥ ޙަދީޘްފުޅު ކުރައްވަވާފައިވާ 5 ކަންތަކާއި ޢަމަލުކުރުމުން ލިބޭނެ ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޝެއާކޮށްލައްވާ!: އެކަންކަން ކޮށް އަދި މީސްތަކުންގެ މެދުގައި ފަތުރަން މަސައްކަތްކުރަން ރަސޫލް ޞޢޥ ޙަދީޘްފުޅު ކުރައްވަވާފައިވާ 5 ކަންތަކާއި ޢަމަލުކުރުމުން ލިބޭނެ ފައިދާ!

1.  ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވެހުންނާށެވެ! އެންމެ ހެޔޮ ގޮތުގައި އަޅުކަންކުރެވޭ މީހާއަށް ވެވޭނެއެވެ.

2.  ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވެގެން ހުންނާށެވެ! ތިބާއަކީ ދުނިޔޭގެ އެންމެ ތަނަވަސް މީހަކު ކަމުގައި ވެވޭނެއެވެ.

3.  އަވަށްޓެރިންނަށް ހެޔޮކޮށްހިތާށެވެ! އެއިރުން ތިބާއަކީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހަކަށް ވެވޭނެއެވެ.

4.  އެކަންކަމަށް ތިބާ ލޯބިކުރާ ހުރިހާ ކަންކަން އެެހން މީހުންނަށް ލިބުމަށް އެދޭށެވެ. އެއިރުން ތިބާއަކީ ފުރިހަަމ މުސްލިމަކަށްވެވޭނެއެވެ.

5.  މާބޮޑަށް ނުހޭށެވެ! މާބޮޑަށް ހުނުމަކީ ހިތްމަރުވާ ކަމެކެވެ.  

މި 5 ކަންތަކަކީ އުނގެނި، ޢަމަލުކޮށް އަދި މީސްތަކުންގެ މެދުގައި ފަތުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވަވާފައިވާ 5 ކަންތަކެވެ. އަދި އެ 5 ކަންތައް ކުރުމުން ދެއްވަވާނެ ފައިދާ، ލައްވަވާނެ ރަޙްމަތް ވެސް އެވަނީ އަންގަވައި ދެއްވަވާށެވެ!  

ވީމާ އަހުރެމެންނަށް އޮތީ ޢަމަލުކުރުމެވެ. އަދި މިކަންކަން ފަތުރަން މަސައްކަތްކުރުމެވެ.  

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން