ތަނަވަސްކަން ހުރިނަމަވެސް ދުނިޔޭގައި ހުރެ ޞަދަޤާތް ނުކޮށްފައި މަރުވުމުން ޞަދަޤާތް ކުރަން ދަރިންނަށް ވަޞިއްޔަތްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތަނަވަސްކަން ހުރިނަމަވެސް ދުނިޔޭގައި ހުރެ ޞަދަޤާތް ނުކޮށްފައި މަރުވުމުން ޞަދަޤާތް ކުރަން ދަރިންނަށް ވަޞިއްޔަތްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ތަނަވަސްކަން ހުރިނަމަވެސް ދުނިޔޭގައި ހުރެ ޞަދަޤާތް ނުކޮށްފައި މަރުވުމުން ޞަދަޤާތް ކުރަން ދަރިންނަށް ވަޞިއްޔަތްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުންނާއި ވީޑިއޯއިން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ރަސޫލް ގެ ޒަމާނުގައި އުޅުއްވި ބޭކަލަކު އަވަހާރަވަމުން ވަޞިއްޔަތްކުރައްވާފައިވަނީ އޭނާ އަވަހާރަވުމުން އޭނާގެ ގުދަނުގައި ހުރި ހުރިހާ ކަދުރު މަދީނާގެ ފަޤީރުންނަށް ބައްވަވައިދެއްވުމަށެވެ. 

ރަސޫލް ޞަޙާބީންނާއިއެކު ވަޑައިގެން އެގުދަނުގައި ހުރި ހުރިހާ ކަދުރު ނެރުއްވައި ބައްސަވައިދެއްވެވިއެވެ. އަދި އެކަން ނިމުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގުދަންތެރެއަށް ވަދެވަޑައިގަތުމުން ހަލާކުވެފައި އޮތް ކާން ކަމުވެސްނުދާވަރުގެ ކަދުރުއޮށެއް ފެނިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. 

"އޭނާ ދުނިޔޭގައި މި (ކުނި) ކަދުރު އޮށް ޞަދަޤާތްކުރިނަމަވެސް އޭނާ މަރުވުމަށްފަހު މުޅި މި ކަދުރުގުނުގައި ހުރި ހުރިހާ ކަދުރު ޞަދަޤާތްކުރުމުން ލިބޭނެ ވަރަށްވުރެ މާގިނަ ޘަވާބު ލިބުނީހެވެ!" 

ޙާޞިލްކުރަންޖެހޭ ޢިބްރަތަކީ ދުނިޔޭގައި ހުރިއިރު އޭނާ އެޞަދަޤާތް ނުކުރީ މުދަލަސް އޮތް ދަހިވެތިކަން ބޮޑުކަމުން ކަމަސްވުން ގާތްކަމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ދަހިވެތިކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްސިފައެވެ. 

އޭނާގެ ތަކެތީގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިގެންވަނީ އެމީހާ ދުނިޔޭގައި ހުންނައިރުގައި ކަމެވެ. އަދި ތަނަވސްކަން ދެއްވަވަނީ ﷲ ކަމާއި އަހަރެމެން ބަހަން މިޖެހެނީ ﷲ ޙަވާލުކުރެއްވެވި އަމާނާތް ކަމެވެ. 

ތަނަވަސްކަން ލިބެނީ ﷲ ދެއްވެވުމުންނެވެ. އެއީ އަމިއްލަމޮޅުކަމުން ލިބުނު އެއްޗެއްކަމަށް ޤަބޫލުކުރާނަމަ އެއީ ޤާރޫނުގެ ވިސްނުމެވެ. ދެން އޮތީ ތަނަވސްކަން ލިބުނީ އެމީހާކުރި ބުރަ މަސައްކަތުންކަމަށް ޤަބޫލުކުރުމެވެ. އެހެންކަމަށްވާނަމަ ބުރަކޮށް މަސައްކަތްކުރާ އެންމެންނަށް ނުދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ 

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން