ހިތުގަ ޖެހޭފަދަ ކަންކަން ކުރުމުންވެސް ކެތްތެރިވާ އަނބިންނަކީ ގޮތްހުސްވެގެން މަޑުން ތިބޭ ބައެއް ނޫން! ވަޤުތު ޖެހުމުން ދޭޙަމަލާ ވަރަށް ވަރުގަދަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހިތުގަ ޖެހޭފަދަ ކަންކަން ކުރުމުންވެސް ކެތްތެރިވާ އަނބިންނަކީ ގޮތްހުސްވެގެން މަޑުން ތިބޭ ބައެއް ނޫން! ވަޤުތު ޖެހުމުން ދޭޙަމަލާ ވަރަށް ވަރުގަދަވާނެ!

އެންމެ ހުޝިޔާރު އަންހެނުން ބަސްމަދުވާނެއެވެ. މީގިނަ ޝަކުވާތަކެއްވެސް ނުކުރާނެއެވެ. ކެތްތެރިވާނެއެވެ. އެކަމަކު ކެތްތެރިކަން ކޮޅުންލުމުން އެމީހުންނަކީ ހެދިހާ ގޮތަކަށް ފުދި، އެޅިހާ ބަތަކަށް ރިހްވެގެން ތިބޭނެ ބައެއް ނޫންކަން ދައްކައިލާނެއެވެ.  

ޓީބޭގަކީވެސް އެހެން އޮންނައިރު ކަރުދާސްކޮޅެކެވެ. މަޑުމަޑު އެއްޗެކެވެ. ބޭއްވިތަނެއްގައިވެސް އޮންނާނެއެވެ. ނަމަވެސް ހޫނުފެނަށްލާއިރަށް ކުލައާއި ރަހަގަނޑު ނެރެދައްކައިލާނެއެވެ.  

މިވާހަކަ ބުނެލަން މިޖެހުނީ އަނބިން ޝަކުވާނުކޮށް، ޒުވާބުނުކޮށް، ގައަށްބޮލަށް ނާރައި މަޑުން ތިބޭނަމަ އެމީހުންނާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ފުދިގެން ތިބޭނެ ކަމަށް ޤަބޫލުކުރާބައަކު އުޅެއެވެ. އެފަދަ މީހުން އެކަނބަލުންގެ އަގު ވަޒަންނުކޮށް ތިމާ ބޭނުންވާހައި ގޮތަކަށް ކަންކަންވެސް ކުރެއެވެ.  

ތަޖުރިބާއިން އެނެގެނީ މިއީ ރަނގަޅު ގޮތެއް ނޫންކަމެވެ. ކެތްތެރިވެ މަޑޫން ހުންނަ ކޮންމެ އަންހެނަކީ ހުރިހާ ކަމަކަށް ފުދިގެން ހުންނާނެ އަންހެނެއް ނޫނެވެ. ވަޤުތު ޖެހުމުން ހުރިހާ ކަމެއް ފުރޮޅައިލާނެއެވެ. އެޙާލަތުގައި ހުއްޓުވަން އުޅުނަސް ނުވެސް ހުއްޓުވޭނެއެވެ.  

މިކަމުގެ ހެކި އެންމެ ފަސޭހައިން ފެނިގެންދާނެ އެއްކަންތައް ބުނެލާނަމެވެ. އެއީ ތަނަވަސް މީހުންނާއި ކައިވެނިކޮށްގެން ދިއުޅެނިކޮށްވެސް އެމީހުންގެ ކިބައިން ފެންނަ ކަންކަމަށް ކެތްތެރިވާން ބޭނުންނުވެގެން ވަރިވެ ނިކަމެތިންނާއި ކައިވެނިކޮށް އުފަލުގައި ދިރިއުޅޭ ކަމެވެ.  

މިގޮތަށް ކަންކަންކުރާ ބައެއް އަނބިން، އެމީހުންގެ ކުރީގެ ތަނަވަސް ފިރިމީހާ އާއި ބައްދަލުވެ ގޮވާލުމުން އަޑުވެސް ނުއިވޭކަމަށް ހަދާފައި އެބަދެއެވެ. ކުރިން އައަޑެއް އިވުމުން އިންތިހާއަށް އުފާވި، އަދި އެއަޑަކަށް އިންތިހާއަށް އިންތިޒާރުކުރި އަޑު އިވުމުން އެގޮތަށް ކަންތައް ކުރެވޭނީ ވަރަށްވަރުގަދަ ހިތްވަރެއް ލިބިގެންތިބޭތީއެވެ.  

މިވާހަކަތައް ދެއްކުމުގެ ބޭނުމަކީ އިހާނެތިކޮށް ކަންކަންކުރީމާވެސް އަޅައިވެސް ނުލައި ކެތްތެރިވާ އަނބިންނާއިމެދު ސަމާލުވުމަށް ބުނުމެވެ. އަދި އެއީ އެމީހުންގެ ހިތްވަރުދެރަކަމުން ޏޫންކަމާއި ހިތްވަރުގަދަކަމުންކަން ބަޔާންކުރުމެވެ.  

އަހުރެންގެ ނަޞޭޙަތަކީ މިފަދަ ކަންކަމަށް ސަމާލުކަންދިނުމެވެ. ކެތްތެރި، ހިތްވަރުގަދަ އަނބިންގެ އަގު ވަޒަންކުރުމެވެ. އެފަދަ އަންތބަކުލިބިއްޖެނަމަ ވަކިނުވެ އެކުގައި އުޅެން މަސައްކަތްކުރަން ބާރުއެޅުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން