ދެން މީގަ އަދި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް އެބައޮތް. އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން އިނގޭތޯ، އަޅުގަނޑުމެންގެ ތެރެއން ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ކަމެއް ނުވެއްޖެއްޔާ އަޅުގަނޑުމެން ވަރަށް ހިތްހަމަނުޖެހޭ. ބައެއް ކަންތައްތައް ނުވެއްޖެއްޔާ ހިތްހަމަ ނުޖެހިފަވެސް ތިބެދާނެ. އަޅުގަނޑުމެން ވިސްނަންޖެހޭނެ ރައީސުލް ޖުމްހޫރިއްޔާ އަރިހުގައި އަޅުގަނޑުމެން ކަންކަން ދަންނަވާއިރުގައިވެސް އަދި އަޅުގަނޑުމެން ބޭނުންވާ ހުރިހާކަމެއް ނުވެދާނެ ކަމަށް. އެއީ އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭނެ ކަމެއް. އެމަނިކުފާނު މި ޤައުމު ހިންގުމަށްޓަކާ ދުވާލާއި ރޭގަނޑު އެ ކުރައްވަނީ، އަޅިގަނޑު ދަންނަވާނީ ރެއަކާއި ދުވާލުގެ ތެރޭގައި އެމަނިކުފާނު 4 ގަޑިއިރު އަވަހާރަފުޅު ނުލައްޕަވައޭ. އަޅުގަނޑުމެންނަށް ރޭގަނޑު ދަންވަރު ގާތްގަނޑަކަށް ބުނަންޏާ 1 ޖަހާއިރުވެސް އެބަ އެމަނިކުފާނަ މެސެޖްކޮށް އެބަހެދޭ.
އަނެއްކޮޅުން ފަތިސް ނަމާދަށް އެބަ 4 ޖަހާއިރު އެބަ ހޭފުޅު ލައްވާ. ދެން އެދޭތެރޭގަ ކޮން ގަޑިއެއްތޯ އޮންނާނީ. އަނެއްކޮޅުން 8 ޖަހާއިރު އެބަ އޮފީހަށް ވަޑައިގަންނަވާ. އެހާ ކުޑަ ވަގުތުކޮޅެއްގަ އަވަހާރަފުޅު ލައްޕަވައިގެން މި ޤައުމު ހިންގުމަށްޓަކާ އެމަނިކުފާނު އެ މަސެއްކަތްޕުޅު އެ ކުރައްވަނީ.
ދެން އަޅުގަނޑުމެން ވިސްނަންޖެހޭ މިތާނގަ، މައްސަލައަކީ މީގަ އެބައޮތް ވަރަށް ނުރައްކާތެރި އަޅުގަނޑުމެން ވިސްނަންޖެހޭ ހަދީޘްއެއް އިނގޭތޯ. ވަރަށް ވިސްނަންޖެހޭ ޙަދީޘްއެއް.
ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ " ވެރިމީހާއަށް ތިމާގެ އަމިއްލަ އެދުމުގަ ތިމާ ތިމާގެ އަމިއްލަ ކަންތައްތައް ފުއްދުމުގައި ވެރިމީހާއަށް ބައިއަތުހިފާ މީހާއަށް މާތް ﷲ ޤިޔާމަތް ދުވަހުގައި ރަޙުމަތުގެ ބެއްލެވުމަކުން ނުބައްލަވާ އަދި އޭނަގެ ފާފަ ނުފުއްސަވާ އޭނާއަށް،" މީ ކިހާ ޤިޔާމަތް ދުވަހުގަ ﷲ ގެ ރަޙުމަތުގެ ބެއްލެވުމެއް ނެތި އެމީހާގެ ފާފަތައް ނުފުއްސަވާ ވާހަކަ މީ ކިހާ ނުރައްކާ ކަމެއް. މި ތިންމީހެއްގެ ވާހަކަ މީގަ އަންނާނެ. އަޅުގަނޑު މި ގެނައީ 3 ވަނައަށް އައި މީހާގެ ވާހަކަ އަޅުގަނޑު މި ގެނައީ މީގެތެރެއިން. މީގެ ކުރީގެ 2 ބައި ދޫކޮށްލާފަ.
ދެން އަޅުގަނޑުމެންނަށް މި ވާގޮތަކީ ވެރިމީހާ އަޅުގަނޑުމެންނަށް ބޮޑު މަޤާމެއް ދީފަ، އަޅުގަނޑުމެންނަށް ބޭނުންވާ ކޮންމެސް މި ނާޖާއިޒަ ފައިދާއެއް ޖެހޭގޮތުން ކަމެއް ކޮށްދީފިއްޔާ އެމީހާދޭތެރޭގަ ،( ،ިކަން ތަފްޞީލު ކުރަމުން ޢިލްމުވެރިން ގެނެއްސަހުރި ބަސްތައް މި އަންނަނީ.) ކަމެއް ކޮށްދީފިއްޔާ ދެން ރައީސްއާ ދޭތެރޭގަ އަޅުގަނޑުމެން ހުންނާނީ ވަރަށް ރުޙިފަ. އެކަމަކު އެކަމެއް ނުކޮށްދީފިއްޔާ އަޅުގަނޑުމެން މި ޖެހެނީ ރައީސްއާ ފަހަތަށް. އޭރެއްގަ ހުންނަ ވެރިމީހާގެ ފަހަތަށް. އެހެންމަ
މީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައް. އަޅުގަނޑުމެން ރައީސުލް ޖުމްޙޫރިއްޔާއާ ބައިއަތު ހިފަންވާނީ ދިވެހި ރައްޔިތުންގެ ޙައްޤުގައި. ދިވެހި ޤައުމުގެ ޙައްޤުގަ. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ މާބޮޑު، އިންސާނުންވެއްޖެއްޔާ އަމިއްލަ އެދުން އޮންނާނެ. ނެތް ބައެއް ނުވެސް ހުންނާނެ. އެހެންނަމަވެސް އެކަން އޮންނަންޖެހޭނީ ވަކި މިންވަރެއްގައި ވަކި ކޮންޓްރޯލްއެއްގައި. އެއީ މި ޤައުމަށް ކެއްވާވަރަށް އަދި ރައީސުލް ޖުމްޙޫރިއްޔާއަށްވެސް ކެއްވާވަރަށް.
- އޭދަފުށީ ދާޢިރާގެ މެމްބަރު އަޙުމަދު ސަލީމް ޕީއެންސީ ޖަގަހއިގަ ދެއްކެވި ވާހަކަފުޅުން