ސުވަރުގެ ޔަޤީންކުރަން މަސައްކަތްކުރިކަމުގެ ހެކި އެމީހެއްގެ ފަތުން ދެއްކުނު މީހަކަށް ސުވަރުގެ ނުލިބި ނުދާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސުވަރުގެ ޔަޤީންކުރަން މަސައްކަތްކުރިކަމުގެ ހެކި އެމީހެއްގެ ފަތުން ދެއްކުނު މީހަކަށް ސުވަރުގެ ނުލިބި ނުދާނެ! އިން ޝާ ﷲ: މުފްތީ މެންކް

ތިބާ ބޭނުންވަނީ ސުވަރުގެއެވެ. ސުވަރުގޭގައި ތިބާއަށް ޖާގައެއްވެސް ވެއެވެ. އެކަމަކު އެޖާގައަށް ދެވެން އޮތީ އެޖާގަ ބޭބނުންވެގެން ދުނިޔޭގައި ތިބާ މަސައްކަތްކުރިކަމުގެ ހެކި ތިބާގެ ފަތުން ދެއްކިއްޖެނަމައެވެ. ފަތުން ހެކިދެއްކުމަކީ މީޒާނުގައި ތިބާގެ ކޮޅަށް ބުރަވާނެ ވަރަށް ހެޔޮ ޢަމަލުތައް ކޮށްފައިހުރުމެވެ. 

ތިބާ ހުރީ ސީދާ މަގުގައިކަމަށްވާނަމަ ދާން ބޭނުންވާ މަންޒިލަށް ދެވޭނެއެވެ. އަމާން ބަނދަރުގައި ބަނދަރުކުރެވޭނެއެވެ. އެއީ ސުވަރުގެއެވެ. އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެއީ ﷲ ތަޢާލާ ޔަޤީންކަން ދެއްވަވާފައިވާ ކަމެކެވެ. އަހަރެމެން ޔަޤީންކުރަންވީ އަހަރެމެންގެ ޢަމަލުތަކުގެ ސީދާ ކަމެވެ. 

"އަރެމެން މިވަނީ ދަތުރެއްގެ މަތީގައެވެ. ކޮންމެ ދުވަހަކީ ކަނޑު މަޑު، ރާޅުބާނި ނެތް އޮމާން ދުވަހަކަސް ނުވާނެއެވެ. ކޮންމެ ދުވަހަކު ވައި ޖެހޭނީ ވެސް އެއް ދިމާއަކުން އެއް ވަރަކަށް ނޫނެވެ. ވައި ގަދަ އަދި މަޑު ދުވަސްތަކާއި ކުރިމަތިވާނެއެވެ. ވިއްސާރަ ދުވަސްތަކާއި އަވިދޭ ދުވަސްތައްވެސް ބައްދަލުކުރާނެއެވެ. 

އަހަރެމެންގެ ޙަޔާތަކީވެސް ހަމަ އެފަދަ ކަމެކެވެ. އުފާވެރި، އަދި ހިތްދަތި ދުވަސްތައް ކުރިމަތިވާނެއެވެ. ހަށިގަނޑުގައި ވޭންއަޅާ ދުވަސްތައް ވެސް އަންނާނެއެވެ. އެހެނިހެން މުޞީބާތްތައްވެސް ކުރިމަތިވާނެއެވެ. އަދި އެއްވެސް ދަތި އުނދަގުލެއް ކުރިމަތި ނުވެ ހިތްހަމަ ޖެހިގެން އުޅެވޭނެ ދުވަސްތައްވެސް ކުރިމަތިވާނެއެވެ. 

ޙަޔާތް، ޙަޔާތަކަށްވަނީ މިކަންކަން ކުރިމަތިވާތީއެވެ. ޙަޔާތް ކާމިޔާބުކޮށް އުފާވެރިކަން ލިބިގަތުމަށްޓަކައި އަހަރެމެންނަށް ކުރަން ޖެހޭ ކަމަކީ ސީދާ ތެދުމަގުގައި ސާބިތުވެ ތިބުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވެ ތިބުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން