ކިތަންމެ ބޮޑަށް ސަމާލުކަންދީގެން މެޑިކަލް ޗެކަޕްތައް ހައްދަމުން ދަނިކޮށްވެސް ކުއްލިއަކަށް މަރުވެދާނެއެވެ. އަދި އެމީހަކު މަރުވީ ހާޓްއެޓޭކެއްގެ ސަބަބުންކަމަށްވެސް ޑޮކްޓަރުން ބުނެފާނެއެވެ. އެެހންވެ ބައެއް މީހުން މެޑިކަލް ޗެކަޕްތައް ހައްދަން ޑޭ ސަމާލުކަން ކުޑަކުރެއެވެ.
އެއްވެސް ޙާލެއްގައި މިއީ ޢަމަލުކުރަން ރަނގަޅުގޮތެއް ނޫނެވެ. މެޑިކްލަ ޗެކަޕްތައް ހަދަންވާނެއެވެ. ފުރާ ގެންދެވުމާއި ދުނިޔޭގައި ލެހެއްޓެވުމާއި އެކަމާއި އެއްވެސް މިންވަރަކަށް ގުޅުވައިގެން ނުވާނެއެވެ. އެކަމުގެ ވަޤުތު ޖެހުމުން ފުރާނަ ގެންދެވުމަކީ މުޅިން ތަފާތު ކަމެކެވެ.
ހިތަށް މައްސަލަތައް ކުރިމަތިވެ މަރުވާ މީހުންގެ ޢަދަދުދަނީ އިތުރުވަމުންނެވެ. ބައެއް ރޕޯޓްތައް ބުނާގޮތުން 2030 އަންނައިރު މިހާރަށްވުރެ ދެގުނައަށް އިތުރުވުމަކީވެސް ހަމަ ވަރަށް ގާތް ކަމެކެވެ. ކުރިއަރަމުންދާ ޓެކްނޮލޮޖީ އާއި ސައިންސުގެ ހޯދުންތަކާއިއެކުވެސް ހާޓް އެޓޭކްޖެހޭ މީހުންގެ އަދަދު ގިނަވަމުން ދިއުމާއި މަރުވާ މީހުންގެ އަދަދު އިތުރުވާތީ ކަންބޮޑުވުންތައް އަންނަނީ އިތުރުވަމުންނެވެ.
ހާޓްއެޓޭކަކީ މިހާރު އެންމެ ގިނަ ބއަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ހާޓް އެޓޭކް ޖެހޭ އެންމެން މަރުނުވި ނަމަވެސް ގިނަ ބައަކު ދަނީ މަރުވަމުންނެވެ. ހާޓްއެޓޭކް ޖެހުމުގެ ކުރިން ދެނެގަނެވިދާނެ ބައެއް ޢަލާމާތްތައް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުން ވަނީ ހޯދައިފައެވެ. އެހެންކަމުން އެކަންކަމުގެ ފުރިހަމަ މައުލޫމާތު ލިބިގެން ހުރުމަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.
ހާޓްއެޓޭކެއް ޖެހެން އުޅޭއިރު އެކަން އެނގުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އެކި މީހުންނަށް އެކި ގޮތަށް ޢަލާމާތްތައް ފެންނަކަމެވެ. އެންމެންނަށް ތަދު އިޙްޞާޞްކުރެވެނީ އެއް ދިމާއަކުން ނުވަތަ އެއްގޮަތަކަށް ކަމަށް ނުވުމުންނެވެ. ވަރުބަލިވުމާއި ހަމަނިދިނުލިބުމާއި ބުރަކޮށް މަސައްކަތް ކުރަން ޖެހުމަކީވެސް ދިމާވާ މައްސަލަތަކެވެ.
ގިނަ މީހުންނަށް ހީކުރެވެނީ ބައެއް ތަދު އެއީ ހާޓް އެޓޭކްގެ ޢަލާމާތެއް ކަމަށެވެ. ނަމަވެސް ތަދެއް ދިގުލައި ހުންނަނަމަ އެއީ ތަފާތުކަމެކެވެ. ހާޓްއެތޭކާއި ގުޅިގެން އަންނަ ތަދު ވަރަށް ގަދަވާނެއެވެ. ޢާންމު ގޮތެއްގައި ދިގުލައި ހުންނާނީ 2 މިނިޓެއްހައި އިރުއެވެ.
މިލިޔުމުގެ ތިރީގައިވާ ލިންކުގެ ވީޑިއޯ އިން ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިވަޑައިގަންނަވާނެއެވެ. ބައްލަވައިލައްވާށެވެ. މިމައުލޫމާތުތައް ލިބިފައިވުމަކީ ތިބާގެ ފުރާނަ ސަލާމަތްކުރަން ލިބޭ ފުރުޞަތަކަށްވެސް ވެދާނެއެވެ! އިން ޝާ ﷲ
ގުޅުން ހުރި ލިޔުމާއި ވީޑިއޯ: