އިމްތިޙާނުތަކުން ރަންވަނަތައް ލިބުމުން ފަޚުރުވެރިވަމުއެވެ. ދުނިޔޭގެ ފެންވަރުގައި ވަނައެއް ލިބިއްޖެނަމަ އެކަން ފާހަގަކުރަން ބޮޑެތި ޕާޓީތައްވެސް ބާއްވަމުއެވެ. އެއީ ހަަމ ކުރަން ރަނގަޅު ކަންކަންވެސްމެއެވެ. ނަމަވެސް ސުވާލަކީ ޝައިޚް ޝާފިޢު ފާހަގަކުރައްވާ ކަންތަކުގައި ސަމާލުކަންދެވޭ މިންވަރެވެ. ޝައިޚް ޝާފިޢު ފާހަގަކުރައްވާ ބައަށް އިސްކަން ދެއްވައިފިނަމަ އެއޮތީ އެންމެ ކާމިޔާބު ބެލެނިވެރިޔާއަށް ވެވިފައެވެ. އިން ޝާ ﷲ
ކިތަންމެ ގިނަ މަދަރުސާތަކަކަށް ދަރިފުޅު ފޮނުވިޔަސް ޙަޤީޤީ ފާސްވުމަކުން ފާސްވާނީ މި 3 ސުވާލުގެ ޖަވާބު ދެވޭނެ ގޮތަށް ދަރިފުޅު ތަރުބިއްޔަތުކުރެވިގެންނެވެ! އެންމެ މުހިންމީ ޖަވާބު ދަސްކޮށްދިނުމެއް ނޫނެވެ! ޖަވާު ދެވޭނެ ގޮތަށް ދަރިން ތަރުބިއްޔަތުކުރުމެވެ.
"ތިބާގެ ރައްބަކީ ކޮން ފަރާތެއް ހެއްޔެވެ؟
ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟
ތިބާގެ ނަބިއްޔާއަކީ ކޮން ބޭކަލެއް ހެއްޔެވެ؟"
މި ސުވާލުތަކަށް ޖަވާބުދޭންޖެހޭ އިމްތިޙާނަށް ތިބާގެ ދަރިފުޅު ތައްޔާރުކޮށްގެން މެނުވީ، ދުނިޔެމަތީގެ ކިތަންމެ ގިނަ މަދަރުސާތަކަށް އެދަރިފުޅު ފޮނުވިކަމުގައިވިޔަސް، ޙަޤީޤީ ފާސްވުމެއް ނުވެއެވެ."
- الشيخ محمد شافع